ޚަބަރު

ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ފުލުހުން އަހުލުވެރިކުރަނީ


ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ފުލުހުން އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ފަށްޓަވައިފިއެވެ. 

މިއަހަރުގެ ޖުލައިމަހު ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ފުލުހުން އަހުލުވެރިކުރުމުގެ ގޮތުން މިއަދު ފެށި މިޕްރޮގްރާމަކީ އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒް (އައިލްސް)ގެ ފަރާތުން ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއްކަމަށް ފުލުުހުން ވިދާޅުވެއެވެ.

މި ޕްރޮގްރާމުގެ ތެރެއިން ހިންގާ ކޮންމެ ކުލާހެއްގައި 35 ފުލުހުން ބައިވެރިވާއިރު މި ކުލާސް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ. 

މި ޕްރޮގްރާމުގައި ގިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ޤާނޫނުގައިވާ ބައިތަކާއި ކުރިން ޢަމަލުކުރަމުން އައިގޮތާއި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ޢަމަލުކުރުން ފެށުމާއެކު އަންނަ ބަދަލުތަކާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.