ކުޅިވަރު

ކުޑަކުދިންގެ އެންމެ ބޮޑު ފުޓްބޯޅަ ފިއެސްޓާ ފަށައިފި


ގްރޭޑް 2 އަދި 3 ގެ ދަރުވަރުންނަށް އަމާޒުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ ފެސްޓިވަލް ނުވަތަ މުބާރާތް މިއަދު ހެނދުނު ފަށައިފިއެވެ.

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ 2017 މިއަދު ހެންވޭރު ދަނޑުގައި ފެށީ 17 ސްކޫލާއެކުގައެވެ. މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގެ ސްކޫލްތަކުގެ ޕްރިއިމަރީ ގްރޭޑްތައް ހިމެނޭގޮތަށް ހަ ސަތޭކައެއްހާ ދަރިވަރުން މި ފިއެސްޓާގައި ބައިވެރިވާނެކަމަށް މިފިއެސްޓާ އިންތިޒާމްކުރާ ސޮކަރ ވެޓަރެންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ. 17 ސްކޫލުން 33 ޓީމް ވާދަކުރާ މި ފެސްޓާގައި އޮފިޝަލުންގެ ގޮތުގައި އެކަނިވެސް 165 ފަރާތުން ހަރަކާތްތެރިވާނެއެވެ. މި ފިއެސްޓާގައި 260 މެޗު ކުޅޭނެކަމަށް ސޮކަރ ވެޓަރެންސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ގްރޭޑް ދޭއްގައި ބައިވެރިވެފައިވަނީ 13 ސްކޫލަކުންނެވެ. 13 ސްކޫލް ވަނީ 4 ގްރޫޕަކަށް ބަހާލާފައެވެ. ގްރޭޑް 3 ގެ ބައިގަ 12 ސްކޫލް ވާދަކުރެއެވެ. 12 ސްކޫލް ވަނީ 4 ގްރޫޕަކަށް ބަހާލާފައެވެ.

މާލޭގެ އިތުރުން އައްޑޫ ސިޓީއާއި، ފުވައްމުލަކުގައި މިއަހަރުވެސް މިފިއެސްޓާ ކުރިއަށްގެންދަން ސޮކަރ ވެޓަރެންސް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. މީގެއިތުރުން މުޅިން އަލަށް ދެ އަތޮޅެއްގައި މިޕްރޮގްރާމް ފަށަންވެސް ވަނީ ނިންމާފައެވެ. އެއީ ނ. މާފަރާއި، ގދ.ތިނަދޫގައެވެ. މާލޭގެ ބައި އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

img:http://s3.psmnews.mv/images/660x400/14871338541163.jpg|މިއަދު ފެށި ކިޑްސް ފުޓްބޯލް ފިއެސްޓާގެ ތެރެއިން: ފޮޓޯ-ޕީއެސްއެމް

ގްރޭޑް 2 ގެ ބައިގަ ވާދަކުރާ ސްކޫލްތައް:

ގްރޫޕް 1: ޖަމާލުއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލް، ގޭޓްވޭ އިންޓަރނޭޝަނަލް، އަމީނިއްޔާ ސްކޫލް، ކަލާފާން ސްކޫލް

ގްރޫޕް 2: އަހުމަދިއްޔާ އިންޓަރނޭޝަނަލް، ގިޔާސުއްދީން ސްކޫލް، މުހިޔިއްދީން ސްކޫލް، އިސްކަންދަރު ސްކޫލް

ގްރޫޕް 3: އަރަބިއްޔާ ސްކޫލް، ރެހެންދި ސްކޫލް، އިމާދުއްދީން ސްކޫލް، ގާޒީ ސްކޫލް

ގްރޫޕް 4: ހިރިޔާ ސްކޫލް، ބިލަބޮންގ އިންޓަރނޭޝަނަލް، ދަރުމަވަންތަ ސްކޫލް، ތާޖުއްދީން ސްކޫލް.



ގްރޭޑް 3ގެ ބައިގަ ވާދަކުރާ ސްކޫލްތައް:

ގްރޫޕް 1: ކަލާފާން ސްކޫލް، ހިރިޔާ ސްކޫލް، ގާޒީ ސްކޫލް، ދަރުމަވަންތަ ސްކޫލް

ގްރޫޕް 2: އަރަބިއްޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ގިޔާސުއްދީން އިންޓަރނޭޝަނަލް، އަމީނިއްޔާ ސްކޫލް

ގްރޫޕް 3: މުހުޔިއްދީން ސްކޫލް، ބިލަބޮންގ އިންޓަރނޭޝަނަލް، އިސްކަންދަރު ސްކޫލް، ޖަމާލުއްދީން ސްކޫލް

ގްރޫޕް 4: ރެހެންދި ސްކޫލް، ގޭޓްވޭ އިންޓަރނޭޝަނަލް، އިމާދުއްދީން ސްކޫލް، މަޖީދިއްޔާ ސްކޫލް