ޚަބަރު

ދެ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ކާށިދޫ ކަނޑަށް ފެތިއްޖެ


ދެ މީހުންނާއެކު ދަތުރުކުރި ދޯންޏެއް ކާށިދޫ ބޮޑު ކަނޑަށް ބަންޑުން ޖަހާލުމާއި ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މިދޯނިން ދަތުރުކުރީ ދިވެއްސަކާއި ބިދޭސީއެއްކަމަށާއި، މި ދެ މީހުން ކަނޑުވެފައި ތިއްބާ އެ ސަރަޙައްދުން ދަތުރުކުރި އއ. މާޅޮސް "ރަމްޒު" ނަމަކަށް ކިޔާ ދޯންޏަކުން އެ ދެ މީހުން ސަލާމަތްކޮށްފައިވާކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. 35 ފޫޓްގެ މި ދޯނި ބަންޑުން ޖަހާލާފައިވަނީ ޅ.ކުރެންދޫން ފުރައިގެން ހިންމަފުއްޓަށް ދަތުރުކުރަމުން ދަނިކޮށްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިހާދިސާ ހިނގި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު 09:20 ހާއިރު ކަމަށާއި މި ޙާދިސާއާ ގުޅިގެން ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.