ކުޅިވަރު

އިޓަލި ލީގުގައި އޭސީ މިލާނާ ލާޒިއޯގެ ކުރިމަތިލުން އެއްވަރުވުން


ޕޮއިންޓްގެ ގޮތުން ލާޒިއޯއާ އެއްވަރުކޮށްލުމަށް ލިބުނު ފުރުޞަތު އޭސީ މިލާނުން ގެއްލުވާލައިފިއެވެ.

އިޓާލިއަން ސެރީއޭގައި ރޭ ލާޒިއޯގެ ދަނޑުގައި ކުޅުނު މެޗް ނިމުނީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެންނެވެ. މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދި ލާޒިއޯއިންނެވެ. މި ލަނޑު ފުރަތަމަ ހާފްގެ 45 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލޫކަސް ބިޖިލިއާއެވެ. މި ނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް މެޗްގެ އަށްޑިހަ ފަސްވަނަ މިނެޓްގައި އޭސީ މިލާނށް މެޗުން ޕޮއިންޓެއް ހޯދައިދިނީ ސުސޯއެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ލާޒިއޯ އޮތީ ތާވަލްގެ 6 ވަނާގައި 44 ޕޮއިންޓާއެކުއެވެ. އޭސީ މިލާން އޮތީ ތާވަލްގެ 7 ވަނާގައި 41 ޕޮއިންޓާއެކުއެވެ. 

އިޓާލިއަން ސެރީއޭ ތާވަލްގެ އެއްވަނާގައި 7 ޕޮއިންޓްގެ ލީޑަކާއެކު އޮތީ ޔުވެންޓަސްއެވެ. އެންމެ ކައިރިން ދެވަނާގައި އޮތް ރޯމާއަށް ލިބިފައިވަނީ ފަންސާސް ތިން ޕޮއިންޓެވެ.