ޚަބަރު

ތެލަސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ހިންގައިފި


ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހިންގައިފިއެވެ.

މޯލްޑިވްސް ބްލަޑް ސަރވިސަސްއާ ގުޅިގެން ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމް ހިންގާފައިވަނީ، ސީ ޓްރެކްސް ބިލްޑިންގްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ ކޮންފަރެންސް ހޯލުގައެވެ. ބީއެމްއެލްއިން ބުނީ ލޭ ހަދިޔާކުރުމުގެ މި ޙަރަކާތުގައި އެ ބޭންކުގެ ތިރީހަށްވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކޮށްފައިވާކަމަށެވެ.

img:http://s4.psmnews.mv/images/660x400/14869942163097.jpg|ބެންކް އޮފް މޯލްޑިވްސްއިން ހިންގި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިޙަރަކާތުގައި ބައިވެރިވި ބޭންކުގެ މުވައްޒަފުންނަށް "އަހަރެންގެ ބޭންކް" ކެމްޕޭންގެ ޚާއްޞަ ހަދިޔާއެއް ވަނީ ދީފައެވެ. މިއީ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން ފެބްރުއަރީމަހުގެ ކޮންމެ ދުވަހަކުވެސް މުޖުތަމަޢަށް ފައިދާހުރި ޙަރަކާތެއް ހިންގުމަށް ބޭންކުން ކުރިޔަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން ހިންގެވި ޙަރަކާތެއްކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.

އަހަރެންގެ ބޭންކް ކެމްޕެއިންގެ ދަށުން ބީއެމްއެލްއިން އަންނަނީ މުޖުތަމަޢަށް ފައިދާހުރި ގިނަ ޙަރަކާތްތަކެއް އެކަށައެޅިފައިވާ ކަލަންޑަރަކާ އެއްގޮތަށް ހިންގަމުންނެވެ.