ކުޅިވަރު

ޔުވެންޓަސްގައި އަދި 400 މެޗް ހަމަކުރަން ބޭނުން- އެލެގްރީ


ޔުވެންޓަސްގެ ކޯޗުގެ ގޮތުގައި އިތުރު 300 ނުވަތަ 400 މެޗް ހަމަކުރަން ބޭނުންކަމަށް މަސިމިލާނޯ އެލެގްރީ ބުނެފިއެވެ.

ރޭ ކަލިއާރި އަތުން ހޯދި މޮޅާއެކު ޔުވެންޓަސް ވަނީ ސެރިއޭގެ އެއްވަނައިގައި 7 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގުއެއިންއެވެ.

ރޭގެ މެޗަކީ ޔުވެންޓަސް ލީގުގެއި ޖެހިޖެހިގެން މޮޅުވި ފަސްވަނަ މެޗެވެ.

ޔުވެންޓަސްގެ ކޯޗެއްގެ ގޮތުގައި ސަތޭކަ މެޗް ހަމަކޮށްފައިވާ ކޯޗް ބުނީ ޔުވެންޓަސްގައި އޭނާ ހުރީ ވަރަށް ހިތްހަމަޖެހިގެން، އުފަލުންކަމަށާ، އިތުރު އެތަކެއް މެޗުތަކެއްގައި ޔުވެންޓަސްއަށް ކޯޗްކޮށްދޭން ބޭނުންކަމަށެވެ.

އެލެގްރީ ބުނީ ޔުވެންޓަސް ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް އޭނާގެ ނެތްކަމަށާ އެކަހަލަ ވިސްނުމެއް ގެންގުޅޭނަމަ އެކަން ފޮރުވައިގެން ނުހުންނާނެކަމަށެވެ.

އެލެގްރީގެ މި ސީޒަނަށްފަހު އާސެނަލްއަށް ގޮސްދާނެކަމުގެ ވާހަކަތަކެއް ވަނީ ފެންމަތިވެފައެވެ.

އެހެންނަމަވެސް އެލެގްރީ ވަނީ އެވާހަކަތައް ތެދުކަމަށް އިންކާރުކޮށްފައެވެ.

ވެންގަރގެ ކޮންޓްރެކްޓް މިއަހަރުގެ ނިޔަލަށް ހަމަވާއިރު މީ އާސެނަލް ދޫކޮށް ވެންގަރ ގޮސްދާނެކަމަށް އެންމެ ބޮޑަށް ބެލެވިފައިވާ ފަހަރެވެ.