ކުޅިވަރު

ޅ.އަތޮޅުގެ ޗެންޕިއަންކަން ނައިފަރު ހޯދައިފި


ފަސްޓްލޭޑީ ބަށި ބޯލް ޗެމްޕިއަންޝިޕްގެ ޅ.އަތޮޅުގެ ޗެންޕިއަންކަން ނައިފަރު ހޯދައިފިއެވެ. ޅ.އަތޮޅުގައި 2 ޓީމް ބައިވެރިވެފައިވުމުން މިއަތޮޅުގައި ކުޅެފައިވަނީ ދެ މެޗެވެ. 

ޅ.އަތޮޅުގެ ޗެންޕިއަންކަން ނައިފަރު ހޯދީ ހިންނަވަރު ޓީމާ ވާދަކޮށް 3 ލަނޑުގެ ތަފާތުން މިއަދުގެ މެޗް ކާމިޔާބުކޮށް، 2 މެޗުން ކުރި ހޯދައިގެންނެވެ. މެޗް ނިމުނުއިރު ނައިފަރު ޓީމުން ވަނީ 27 ލަނޑު 2 ފޯލި ހަދާފައެވެ. ހިންނަވަރު ޓީމަށް ހެދުނީ 24 ލަނޑު، 11 ފޯއްޔެވެ. ޅ.އަތޮޅުގައި ކުޅުނު ދެ މެޗުންވެސް ނައިފަރު މޮޅުވުމާ ގުޅިގެން ނައިފަރު ޓީމް ވަނީ ޒޯނަށް ކޮލިފައިވެފައެވެ.

މިމުބާރާތުގެ މެޗުތައް އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހުވެސް ކުރިއަށްދާނެއެވެ. އެދެ ދުވަހު ކުރިއަށްދާނީ ކ.އަތޮޅާއި މ.އަތޮޅާއި، ފ.އަތޮޅާއި ދ.އަތޮޅުގެ މެޗުތަކެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 ރުފިޔާ އަދި 2ވަނަ ޓީމަށް 75000 ރުފިޔާ ވަނީ ކަނޑައެޅިފައެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ބަށި މުބާރާތެވެ. އަދި އަނެހެނުންނަށް އަމާޒުކޮށް ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތެވެ.