ކުޅިވަރު

ނެޓްބޯޅަ އަމްޕަޔަރުންނަށް ޖާޒީ ހަވާލުކޮށްފި


ނެޓްބޯޅަ އަމްޕަޔަރިން ކޯހުން ފާސްވި ބައިވެރިންނަށް ޖާޒީ ހަވާލްކޮށްފިއެވެ. ނެޓްބޯލް އެސޯސިއޭޝަންއިން މަޢުލުމާތުދިން ގޮތުގައި ޖާޒީ ހަވާލްކޮށްފައިވަނީ މިދިޔަ މަހުގައި ކުރިއަށް ގެންދިދިޔަ އަމްޕަޔަރ ކޯހުން ފާސްވި ބައިވެރިންނަށެވެ. އަދި މިކޯހުން ފާސްވި އަމްޕަޔަރުންދަނީ މިހާރު ކުރިއަށްދާ އިންޓަރ އޮފީސް ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތުގައި އަމްޕަޔަރުކަން ކުރަމުންނެވެ. 

އެސޯސިއެޝަންއިންބުނީ މިކޯސް ފުރިހަމަ ކުރި އަމްޕަޔަރުންވަނީ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ ކުރިއަށްދިޔަ މުބާރާތުގައިވެސް އަމްޕަޔަރުކަންކޮށްފައެވެ.

ނެޓްބޯޅަ އަމްޕަޔަރ ކޯހުން ފާސްވި 8 ފަރާތަކަށްވަނީ ކޯހުން ފާސްވެ އަމްޕަޔަރުކަމުގެ ޖާޒީ ހަވާލްކޮށްފައެވެ. މިއަމްޕަޔަރުންގެ ތެރޭގައި ހިމެނެނީ އިބްރާހިމާއި ސިރާޖް އާދަމް، ބުންޔާމިން ޔޫސުފް، ރިލްވާން އާދަމް، ފާތިމަތު އަބްދުލް މަޖީދު، ޝާމިން އިބްރާހިމް، ރިފްގާ ރަޝީދާއާއި ފާތިމަތު ޝިޒްލީން އެވެ.