ކުޅިވަރު

އާސެނަލްއަށް އަދި އުއްމީދު އެބައޮތް - ވެންގާ


ޓައިޓަލް ރޭސް އަދި ނުނިމޭކަމަށް އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ހަތަރު ވަނައިގައި އޮތް އާސެނަލްގެ ކޯޗު އާސެން ވެންގަރު ބުނެފިއެވެ.

 ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީއަށްވުރެ 12 ޕޮއިންޓް ފަހަތުގައި އޮތް ޓީމްގެ ކޯޗު އިތުބާރާއެކު ބުނީ މީޑިއާއިން އެގޮތަށް ވިސްނިއަސް ލީގު ޓައިޓަލް ރޭސް ނިމުނީކަމަށް އޭނާ ނުވިސްނާކަމަށާއި، އެގޮތަށް ޤަބޫލުވެސް ނުކުރާކަމަށެވެ. ވެންގަރ ބުނީ ޗެލްސީއަށް އެޑްވާންޓޭޖް އެބައޮތްކަމަށާއި، ޔޫރަޕް މުބާރާތްތަކުގައި ނުކުޅުމަކީވެސް ޗެލްސީއަށް އޮތް އެޑްވާންޓޭޖެއްކަމަށެވެ. މިޑްވީކް މެޗުތައްވެސް އެމީހުން ކުޅެން ނުޖެހޭކަމަށާއި، ވަރުގަދަ މަޤާމްގައި އޮވެވެނީ އެހެންވެކަމަށް ވެންގަރ ބުންޏެވެ. ވެންގަރު ބުނީ މުޙިންމީ ދެން އޮންނަ މެޗަށް ފޯކަސްކުރުންކަމަށާއި، އެންމެ ސަޕޯޓަރަކާމެދު ނުވިސްނުންކަމަށެވެ. ންގަރ މިމޭރުމުން ވާހަކަދެއްކީ ފަހަކަށް އައިސް އާސެނަލް ނެރެމުންދާ ދަށް ނަތީޖާ ތަކުގެ ސަބަބުން އާސެނަލްގެ ސަޕޯޓަރުން އަންނަނީ ދަނޑުގައި ވެންގާގެ އިސްތިޢުފާއަށް ގޮވަމުންނެވެ. 

 ތާވަލްގެ ތިންވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާއި، 6 ވަނައިގައި އޮތް މެންޗެސްޓަރ ޔުނައިޓެޑްވެސް ވަނީ ލީގު ޗެމްޕިއަންކަމުގެ އުއްމީދު ދޫކޮށްލާފައެވެ. ދެވަނައިގައި އޮތް ޓޮޓްނަމްއާއި ޗެލްސީއާ ދެމެދުވެސް 9 ޕޮއިންޓްގެ ފަރަޤެއް އެބައޮތެވެ.