ޚަބަރު

މެރިޓައިމް އެކަޑަމީން ނަޒާޙަތްތެރިކަމުގެ ވަޢުދުގައި ސޮއިކޮށްފި


ނަޒާޙަތްތެރި މުޖުތަމަޢެއް ބިނާކުރެއްވުމަށް ނަޒާޙަތްތެރިކަމުގެ ވަޢުދުގައި އެކި ފަރާތްތައް ބައިވެރިކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރައްވާ މަސައްކަތުގައި ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏަކުން ބައިވެރިވެއްޖެއެވެ. ނަޒާޙަތްތެރިކަމުގެ ވަޢުދުގައި ސޮއިކުރި ފުރަތަމަ އަމިއްލަ ކުންފުންޏަކީ މޯލްޑިވްސް މެރިޓައިމް އެކަޑަމީއެވެ.

މިއަދު އޭސީސީގައި ބޭއްވެވި ރަސްމިއްޔާތެއްގައި ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި އެ ކުންފުނިން ސޮއިކޮށްފައިވަނީ އަމިއްލައަށް އެދިގެން ކަމަށް އޭސީސީން ވިދާޅުވިއެވެ. ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދުގައި މެރިޓައިމް އެކެޑަމީގެ މުވައްޒަފުން ސޮއިކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި އޭސީސީގެ ރައީސް ޙަސަން ލުޠުފީ ވިދާޅުވީ އެ ކޮމިޝަނުން ފަށްޓަވާފައިވާ ނަޒާޙަތްތެރިކަމުގެ ޤައުމީ ވަޢުދާ ގުޅުމުގެ ފުރުޞަތު އަމިއްލަ ކުންފުނިތަކަށްވެސް އޮންނާނެ ކަމަށެވެ.

މި މަސައްކަތައް ދައުލަތުގެ ގިނަ މުއައްސަސާތަކުގެ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާ ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.