ވިޔަފާރި

ޏ.ފުވައްމުލަކުގައި ސެލްފް ސަރވިސް އޭޓީއެމްއެއް


ބޭންކް އޮފް މޯލްޑިވްސުން ޏ.ފުވައްމުލަކުގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ޤާއިމްކޮށްފިއެވެ.

މި އޭޓީއެމް ސެންޓަރު ޤާއިމްކޮށްފައިވަނީ އެރަށުގައި ހުންނަ ބީއެމްއެލްގެ ބްރާންޗުގައެވެ. މި ޚިދުމަތް ފުވައްމުލަކަށް ތަޢާރަފްކޮށްފައި ވަނީ ދިވެހި މުޖުތަމަޢުތަކަށް އެހީތެރިކަން ދިނުމަށް އެ ބޭންކުން މިހާރު ކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕެއިނުގެ ބައެއްގެ ގޮތުގައި ކަމަށް ބޭންކް އޮފް މޯލްޑިވްސުން ބުނެއެވެ. img:http://s3.psmnews.mv/images/660x400/14862831564780.jpg|ފުވައްމުލަކުގައި ބީއެމްއެލުން ސެލްފް ސަރވިސް އޭޓީއެމް ސެންޓަރެއް ޤާއިމްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

މިއޭޓީއެމް ބޭނުންކޮށްގެން އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކަށް ފައިސާ އަދި ޗެކް ޖަމާކުރުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެ ކަމަށްވެސް ބޭންކް އޮފް މޯލްޑިވްސުން ބުނެއެވެ. މި ޚިދުމަތް އިފްތިތާޙު ކޮށްދެއްވާފައި ވަނީ މިއަދު ބީއެމްލް ފުވައްމުލަކު ބްރާންޗްގައި ބޭއްވި ރަސްމިއްޔާތެއްގައި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއްރަށް ކަމުގައިވާ ފުވައްމުލަކުގެ ވިޔަފާރިވެރިންނާއި ޢާންމުންގެ ބޭނުންތަކަށް ޚާއްޞަކޮށްގެން ބީއެމްއެލްގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުން ވަރަށް މުހިންމު ކަމަށާއި، މި ސެލްފް ސަރވިސް ބޭންކިންގ ސެންޓަރާއެކު އެ ބޭންކުގެ ކަސްޓަމަރުންނަށް ބޭނުން ކޮންމެ ވަގުތެއްގައި ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ހޯދޭނެ ކަމަށެވެ. img:http://s4.psmnews.mv/images/660x400/14862833075231.jpg|ފުވައްމުލަކުގައި ބީއެމްއެލުން ސެލްފް ސަރވިސް އޭޓީއެމް ސެންޓަރެއް ޤާއިމްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 31 ބްރާންޗާއި، 78 އޭޓީއެމާއި، 20 ސެލްފް ސާރވިސް ބޭންކިންގ ސެންޓަރު އަދި 5 ދޯނި ބޭންކިންގ ޔުނިޓުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަންދިނުން ކަމަށް އެބޭންކުން ހާމަކުރެއެވެ.

"އަހަރެންގެ ބޭންކް" ކެމްޕެއިނަކީ ދިވެހިންނާއި، ދިވެހި މުޖުތަމަޢުތަކާ ބީއެމްއެލްއާ އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބީއެމްއެލުން ކުރިއަށްގެންދާ ކެމްޕެއިނެކެވެ. ދާދިފަހުން ބޭންކުން ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އިންވެސްޓްކުރާ މިންވަރު ދެގުނައަށް މަތިކޮށް، މިއަހަރުގެތެރޭގައި 300 މިލިއަން ރުފިޔާ އިންވެސްޓް ކުރާނެކަން އިޢުލާންކޮށްފައެވެ. img:http://s4.psmnews.mv/images/660x400/14862833310983.jpg|ފުވައްމުލަކުގައި ބީއެމްއެލުން ސެލްފް ސަރވިސް އޭޓީއެމް ސެންޓަރެއް ޤާއިމްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ބީއެމްއެލް