ކުޅިވަރު

އޭދަފުށިން ސެންޓޭއަށް ހޫނު މަރުޙަބާއެއް


ވޭތުވެދިޔަ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުމުންޢަލީ ފާސިރު ސެންޓޭއަށް އޭނާ ނިސްބަތްވާ ބ.އޭދަފުށިން ރަތްދޫލައިގެ މަރުޙަބާއެއްކިޔައިފިއެވެ. 

ޢަލީ ފާސިރު ސެންޓޭގެ ޝަރަފްގައި ފާސިރުގެ ޢާއިލާއާއި އޭދަފުށީ ކްލަބްކޮމްބިނޭޝަންގެ އިތުރުން އޭދަފުށީގެ ރައްޔިތުންވަނީ ފާސިރު އޭދަފުށްޓަށްދިއުމުން ވޭތުވެދިޔަ ސީޒަންގައި އޭނާހޯދި ކާމިޔާބީ ފާހަގަކޮށް ވަރަށް ހޫނުމަރުޙަބާ ކިޔާފައެވެ. 

img:http://s3.psmnews.mv/images/660x400/14862719454168.jpg|އަލީ ފާސިރު އޭނާގެ އާއިލާ އާއި އެކު - ފޮޓޯ: ޕީއެސްއެމް

އޭދަފުށީ ބަނދަރު ސަރަޙައްދުން އެންމެ ފުރަތަމަ މަރުޙަބާކީފާސިރުގެ ޢާއިލާއިންނެވެ. ވޭތުވެދިޔަ ސީޒަންގެ މޮޅު ކުޅުންތެރިޔާއާއި ރަންބޫޓުގެ އިތުރުންދިވެހި ޕްރިމިއަރ ލީގުގެ ޓޮރޮފީއާއެކު އޭދަފުށީގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީފާސިރާއެކު ފޮޓޯވެސް ނަގާފައެވެ. ފާސިރުއަށް މަރުޙަބާ ކިއުމަށް އެއްވެތިބި ބައެއް މީހުންނާ އަޅުގަނޑުމެން ވާހަކަ ދައްކާލީމެވެ. 

" އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން ސެންޓޭއަށް މި ކާމިޔާބީ ލިބުމުން. މީ އޭދަފުށީގެ ފުޓްބޯޅައިގެ ތާރީޚްގައި އޭދަފުށްޓަށް ނިސްބަތްވާ ކުޅުންތެރިއަކަށް އެއްފަހަރާ މި އެވޯޑްތައް ލިބުނު ފުރަތަމަ ފަހަރު. އަދިވެސް ސެންޓޭއަށް ކާމިޔާބަށް އެދެން. " ޢަލީ ފާސިރު ސެންޓޭގެ ރަޙްމަތްތެރިއަކު ބުންޏްވެ.

ސެންޓޭއަށް މަރުޙަބާ ކިއުމަށް ފުރަތަމަ ޑިވިޝަންގައި ކުޅޭ އޭދަފުށީގެ ގިނަ ޢަދަދެއްގެ ކުޅުންތެރިންވެސް އޭދަފުށްޓަށް ދިޔައެވެ.

img:http://s4.psmnews.mv/images/660x400/14862718931123.jpg|ފާސިރު ގާތް ބައެއް ރަހުމަތްތެރިންނާއެކު - ފޮޓޯ ޕީއެސްއެމް

" ނިއުރޭޑިއަންޓަށް މިހާރު ސެންޓޭ ސޮއިކޮށް އާ އަހަރަކާ ކުރިމަތިލާއިރު އޭނާގެ ހިތްވަރު ފެންނަނީ ވަރަށް ވަރުގަދަކޮށް. އަހަރެމެން މިތިބީ ސެންޓޭއަށް އެހީވާން. މި އެވޯޑަށް ސެންޓޭ ފައިޓް ކުރާތާ މީ އެގާރަވަނަ އަހަރު. ޚާއްސަކޮށް އޭދަފުށްޓަށް ނިސްބަތްވާ ކުޅުންތެރިއެއްގެ ޙައިސިއްޔަތުން ޙަޤީޤަތުގައިވެސް މިހިރީ ވަރަށް އުފަލުން. އޭދަފުށިން ސެންޓޭއަށް މިކީ މަރުޙަބާއިން އަންގައިދެނީ ފުޓްބޯޅައަށް މިރަށުގެ ރައްޔިތުން ކުރާ ލޯބި. " ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ އޭދަފިށީގެ ކުޅުންތެރިޔާ ޝައްފާޒް ބުންޏެވެ. 

އަދި ފާސިރުގެ މި ކާމިޔާބީ ފާހަގަކުރުމަށް ބ.އަތޮޅުތަޢުލީމީ މަރުކަޒުގައިވަނީ "ސެންޓޭސް ގޯލްޑް ނައިޓް"ގެ ނަމުގައި ޚާއްސަ ޙަފްލާއެއްވެސް ބާއްވާފައެވެ. މި ޙަފްލާގައިއޭދަފުށީގައި ހުންނަ ސަރުކާރުގެ އިދާރާތަކުންވަނީ ދިވެހި ފުޓްބޯޅައިގައި ފާސިރުކުރަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ އަރުވާފައެވެ. 

މިރަސްމިއްޔާތުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމްޢަދީލް ޖަލީލާއި ކޮމިޝަނަރ އޮފް ސްޕޯޓްސް އަޙްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. 

img:http://s2.psmnews.mv/images/660x400/14862719773060.jpg|

2016ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުން ޢަލީ ފާސިރު ހޯދިކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ފާސިރުވެސްވަނީ އޭދަފުށީގެ 2 އިދާރާއަކަށް ފައިސާގެ އެހީއެއް ދީފައެވެ. އެގޮތުން ބ.އަތޮޅު ތަޢުލީމީމަރުކަޒުގެ ޚާއްސަ އެހީއަށް ބޭނުންވާ ކްލާހަށް 10،000 ރުފިޔާ ފާސިރުވަނީ ހަދިޔާކޮށްފައެވެ. އަދި ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށްވެސްވަނީ 10،000 ރުފިޔާގެ ފައިސާގެ އެހީތެރިކަމެއް ދީފައެވެ. އަދިއޭދަފުށީ ކްލަބް ކޮމްބިނޭޝަން، ސީސީގެ ފަރާތުން ހުޅުވުމަށް ނިންމާފައިވާ ފުޓްބޯޅައެކަޑީއަށް ޢަލީ ފާސިރުގެ ނަމުން ނަން ދިނުމަށް ނިންމާފައިވާ ކަމަށް މިރަސްމިއްޔާތުގައި ސީސީންވަނީ ޢިއުލާންކޮށްފައެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ފުރަތަމަ ޑިވިޝަންގައި ކުޅޭ ކުޅުންތެރިންގެ ތެރެއިން ތަޖުރިބާކާރު ބައެއް ކުޅުންތެރިންވެސް ބައިވެރިވިއެވެ. 

މިއީ އޭދަފުށީގެ ފުޓްބޯޅައިގެ ތާރީޚްގައިއެރަށަށް ނިސްބަތްވާ ކުޅުންތެރިއަކު މިހާބޮޑު ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.