ޚަބަރު

ރައީސްގެ އަނބިކަނބަލުން ނ. އަތޮޅު ދެރަށަކަށް!


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ނ.އަތޮޅުގެ ދެރަށަކަށް ވަޑައިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބައްދަލުކުރައްވައިފިއެވެ. 

ނ. ކެނދިކުޅުދުއާއި ލަންދުއަށް ވަޑައިގެން އެކަމަނާ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ޢާއިލާތަކާ ބައްދަލުކުރައްވައި އެމީހުންގެ އަޑު ވަރަށް ގާތުން އައްސަވާފައެވެ. އަދި އެމީހުން ޙިއްޞާކުރެއްވި ވާހަކަތަކާއި، ނުތަނަވަސްކަމުގެ ޝުޢޫރުތައް އަޑުއައްސަވައި އެހީތެރިކަންވެސް ދެއްވިއެވެ. އަދި އެމީހުންގެ މަޢުލޫމާތު ނަންގަވައި އެހީތެރިކަން ދެއްވުމުގެ އިތުރު މަސައްކަތް ކުރައްވާނެކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ނ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ގިނަ ވަގުތު އެކަމަނާ ހޭދަކުރެއްވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެމީހުންގެ ޢާއިލާތަކާއެކުއެވެ. އެމީހުން ޙިއްޞާކުރަން ބޭނުންވި ހުރިހާ ވާހަކަތަކެއް ޙިއްޞާކުރުމުގެ ފުރުޞަތު އެކަމަނާ ދެއްވިކަން ފާހަގަކުރެވެއެވެ.