ކުޅިވަރު

ވެލެންސިއާ ފުރަތަމަ މެޗުން އެއްވަރު ވެއްޖެ


ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގުގައި ބޫޓާންގައި އެޤައުމުގެ ތިމްޕޫ އެފްސީއާ އެއްވަރުކޮށް، ވެލެންސިއާ ޕްލޭއޯފްއަށް ދިއުމުގެ ފުރުޞަތު ބޮޑުކޮށްފިއެވެ. 

މިއަދު ހަވީރު ބޫޓާންގައި ކުޅުނު މެޗު އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. މިނަތީޖާގެ ސަބަބުން މިފެށޭ މަހުގެ 7 ވަނަ ދުވަހު މާލޭގައި ކުޅޭ ދެވަނަ ލެގުން ކުރި ހޯދައިގެން ޕްލޭއޯފްއަށް ދިއުމުގެ ފުރުޞަތު ވެލެންސިއާއަށްވަނީ ވަރަށް ބޮޑުވެފައެވެ. މިދެޓީމްގެ ތެރެއިން ކުރި ހޯދާ ޓީމެއް ޕްލޭއޯފްގައި ވާދަކުރަން ޖެހޭނީ އިންޑިޔާގެ މޯހަން ބާގަންއާއި ސްރީލަންކާގެ ކޮލަމްބޯ ވާދަކޮށް ކުރި ހޯދާ ޓީމަކާއެވެ. މިއަދު ކުޅުނު ފުރަތަމަ ލެގުގެ މެޗު ސްރީލަންކާގައި ކުޅެ ދޭއް އެކަކުން ބޯހަން ބާގަން ވަނީ ކާމިޔާބުކޮށްފައެވެ.