ޚަބަރު

ތިންރަށެއްގެ މަގު ހެއްދެވުމުގެ މަސައްކަތް މިމަހު ނިމޭނެ


ގއ.ވިލިނގިއްޔާއި ދ. ކުޑަހުވަދުއާއި، ތ. ވިލުފުށީގައި ސަރުކާރުން ހިންގަވާ މަގު ހެއްދެވުމުގެ މަޝްރޫޢުގެ މަސައްކަތް، މިމަހުގެ ތެރޭ، ނިމޭނެކަމަށް އެ މަސައްކަތާ ޙަވާލުވެފައިވާ ކުންފުނި އެމް.އާރ.ޑީ.ސީން ބުނެފިއެވެ.

އެމް.އާރ.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މި 3 ރަށުގެވެސް މަސައްކަތުގެ %99 ނިމިފައިވާކަމަށެވެ. ގއ.ވިލިގިލީގައި 15 މަގެއްގައި ތާރު އަޅައި ވަނީ ނިންމާފައެވެ. މިއީ ގާތްގަނޑަކަށް 64 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ޚަރަދުކުރައްވާ މޝްރޫޢެކެވެ.

img:http://s1.psmnews.mv/images/660x400/14647722937678.jpg|ތ.ވިލުފުށި - ފައިލް ފޮޓޯ: ޕީއެސްއެމް

ދ.ކުޑަހުވަދޫގައި 13 މަގެއް ތާރުއަޅައި ނިމިފައިވާއިރު މިއީ ގާތްގަނޑަކަށް 80 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. ތ.ވިލުފުށީގެ 9 މަގެއް ތާރުއަޅައި ވަނީ ނިމިފައެވެ. މިއީ ގާތްގަނޑަކަށް 62 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ހިންގަވާ މަޝްރޫޢެކެވެ.

img:http://s4.psmnews.mv/images/660x400/14696841932622.jpg|ގއ. ވިލިނގިލި / ފޮޓޯ: ގޫގުލްއާރތް

ރާއްޖޭގެ 15 ރަށެއްގައި މަގު ހެއްދެވުމުގެ މަޝްރޫޢު މިހާރުވެސް ސަރުކާރުން ކުރިއަށް އެބާގެންދަވައެވެ.