ވިޔަފާރި

އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 104.8 މިލިއަން ރުފިޔާ


2016 ވަނަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 104.8 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން އާއްމުކުރައްވާފައިވާ އެކުންފުނީގެ 2016 ވަނަ އަހަރުގެ ވަގުތީ މާލީ ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެމްޓީސީސީން 1.29 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ އާމްދަނީގެ ގޮތުގައި 286.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، ވިޔަފާރި ހިންގައިގެން 159.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 

އެމްޓީސީސީގެ މާލީ ބަޔާނަށް ބަލާއިރު، ޓެކްސްއަށް ކެނޑުމުގެކުރިން ކުންފުނީގެ ފައިދާ އުޅެނީ 123.3 މިލިއަން ރުފިޔާގައެވެ. 

2016 ވަނަ އަހަރު ނިމުނުއިރު އެމްޓީސީސީން 65 މަޝްރޫޢެއްގެ މަސައްކަތް ފަށާފައިވާއިރު، މީގެ ތެރެއިން އަމަލީގޮތުން 59 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާކަމަށް އެކުންފުނިން ބުނެއެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި 6 މަޝްރޫޢެއްގެ މަސައްކަތް މުޅިން ނިންމަވާފައިވާކަމަށްވެސް އެމްޓީސީސީން ފާހަގަކުރެއެވެ.