ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ 27 މީހަކަށް ސްޓެލްކޯގެ ވަޒީފާ ދީފި


ސްޓެލްކޯއިން ނުކުޅެދުންތެރިކަން ހުންނަ 27 މީހަކަށް ވަޒީފާ ދީފިއެވެ. މިފަރާތްތަކަށް ވަޒީފާ ދިންކަމުގެ ލިޔުން ޙަވާލުކޮށްފައި ވަނީ މިއަދު އެކުންފުނީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބުދުލް ޝަކޫރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ހަމަޖައްސައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވަރަށް ޙާއްޞަ އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. އަދި ސްޓެލްކޯއިން މިކަމަށް ދެއްވާ އަޙަމިއްޔަތުކަން ފާހަގަކުރައްވާ، ވިދާޅުވީ ކުރިއަށްއޮތްތަނުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު އެކުންފުނިން ހަމަޖައްސަވާ ދެއްވާނެކަމަށެވެ.

img:http://s3.psmnews.mv/images/660x400/14857872221742.jpg|ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާދިންކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ކުރިއަށްއޮތް ދެމަހުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ތިރީސް ފަސް މީހަކަށް ވަޒީފާގެ ފުރުޞަތު ދިނުމަކީ އެކުންފުނީގެ އަމާޒެކެވެ. 

ސްޓެލްކޯއިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިންކަމުގެ ލިޔުން ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ އިސްވެރިންގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢައިލާތަކުން ވަނީ ބައިވެރިވެފައެވެ.