ޚަބަރު

އަބުރުގެ ޤާނޫނުގެ ބައެއް މާއްދާތައް ބާޠިލުކުރުމަށް ހުށަހަޅައިފި


އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ބައެއް މާއްދާތައް ބާޠިލުކުރުމަށް އެދި ހައިކޯޓަށް ހުށައެޅުއްވި މައްސަލަ އެކޯޓުން ބަލައިގެންފިއެވެ.

މިދިޔަ އަހަރު އޮގަސްޓްމަހު އަމަލުކުރަން ފެއްޓެވި ޤާނޫނުގެ ބައެއް މައްދާތައް ބާޠިލުކުރުމަށް ހައިކޯޓަށް ހުށައަޅުއްވާފައިވަނީ 3 ޤާނޫނީ ވަކީލުންކަމަށްވާ މައުމޫން ހަމީދާއި އިބްރާހިމް ޝަމީލާއި ހަސަން މައާޒް ޝަރީފުއެވެ.

މި މައްސަލަ ވަކިގޮތަކަށް ނިންމަވަންދެން އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު ތަންފީޒުކުރުން ހުއްޓާލުމަށް އަންގާ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެދިފައިވެއެވެ. އަދި މިނިވަން ޑިމޮކްރެޓިކް ވެށިތަކުގައި އޮންނަ އުޞޫލްތަކާއި އެއްގޮތަށް ހަ މަހުގެ ތެރޭގައި ޤާނޫނު އިސްލާހުކުރުމަށް ރައްޔިތުން މަޖިލީހުގެ މައްޗަށް އަމުރުކޮށްދެއްވުމަށްވެސް މި މައްސަލާގައި އެދިފައިވެއެވެ.