ކުޅިވަރު

ވެސްޓްހޭމް ދޫކޮށް ޕަޔޭ މާސޭއަށް ބަދަލުވެއްޖެ


ފްރާންސްގެ ފޯވާޑް ޑިމިޓްރީ ޕަޔޭ އޮލިމްޕިކް މާސޭއަށް ވިއްކާލުމަށް އެންމެފަހުން ވެސްޓްހޭމްއިން އެއްބަސްވެއްޖެއެވެ.

ޕަޔޭގެ އަގެއްގެ ގޮތުގައި އެއްބަސްވެވިފައިވަނީ 31 މިލިއަން ޑޮލަރުކަން ވެސްޓްހޭމްއިން ވަނީ ހާމަކޮށްފައެވެ. މާސޭއިންވެސް ވަނީ ޕަޔޭ، އޭނާ ކުރިން ކުޅުނު ކްލަބާ ގުޅުނުކަން ޔަގީންކޮށްދީފައެވެ. 29 އަހަރުގެ ޕަޔޭ، މާސޭއާ ގުޅުނީ އޭނާޔަށް ވެސްޓްހޭމްއިން ލިބޭ މުސާރަޔަށްވުރެ ކުޑަ މުސާރަޔަކަށެވެ. އަދި ޗައިނާއިން އައި ބޮޑު ހުށަހެޅުންތަކަށްވެސް ޕަޔޭ ވަނީ ނޫނެކޭ ބުނެފައެވެ.

ވެސްޓް ހޭމްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލްކުރާ ޕަޔޭ ވަނީ އޭނާ ވެސްޓްހޭމްއަށް ކުޅެދިން ފަސްދޮޅަސް މެޗުގައި 15 ގޯލް ކާމިޔާބުކޮށްދީފައެވެ.

އޭނާ ވިއްކާލުމަށް ވެސްޓްހޭމްއިން ބޭނުންނުވާކަން އެ ކްލަބުން ހާމަކުރިއިރު މާލީ ގޮތުންވެސް ވެސްޓްހޭމް އޮތީ ރަނގަޅު ހާލަތެއްގައިކަމަށް އެ ކްލަބުން ބުނެއެވެ.

ކްލަބް ދޫކޮށްލަން ބޭނުންވެ، ޕަޔޭއާއި ޓީމާ މައްސަލަޖެހުމުން، ފަހުން ޕަޔޭ ފަރިތަކުރަމުންދިޔައީވެސް ވެސްޓްހޭމްގެ ފުރަތަމަ ޓީމަކާއެކުއެއް ނޫނެވެ.

ވެސްޓްހޭމްއިން ޕަޔޭ ވިއްކާނުލާނެކަމަށް ފުރަތަމަ ބުނިނަމަވެސް ފަހުން އޭނާ ވިއްކާލުމަށް ނިންމީ ކޯޗުގެ އެދުމުގެ މަތިން، ޓީމްގު މަސްލަހަތަށްޓަކައިކަމަށް ވެސްޓްހޭމްއިން ބުނެއެވެ.