ޔޫތް މިނިސްޓްރީގެ ފަރާތުން ބޭއްވި "ޔޫތް ހަރުގެ ކަޕް 2017" ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން އިސްމާއީލް ޖީހާން ހޯދައިފިއެވެ.
ބިލިއާޑްކުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ބޭއްވި މުބާރާތުގެ ފައިނަލްގައި ޖީހާން ވާދަކުރީ ޝިރުފާން ރުޝްދީއާއެވެ. މިމުބާރާތުގައި 30 އަށްވުރެ ގިނަ ޒުވާނުން ވާދަކުރިއެވެ. މިމުބާރާތް ބޭއްވީ މާފަންނު ޒުވާނުންގެ މަރުކަޒުގައެވެ.
ޔޫތް މިނިސްޓްރީން މައުލޫމާތުދެއްވި ގޮތުގައި މުބާރާތުގެ އެންމެ ބޮޑު ބޭނުމަކީ އެތަނަށްދާ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. މިމުބާރާތް ބާއްވާނެކަން ޔޫތް މިނިސްޓްރީން އިއުލާންކުރެއްވީ މިމަހު ބޭއްވި ފުރަތަމަ ބިލިއާޑް އެވޯޑް ނައިޓްގައެވެ.