ޚަބަރު

ހުރަވަޅި ރިސޯޓް މިރޭ ހުޅުވަނީ


ދުނިޔޭގައި މިހާތަނަށް ހެދި އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރަންޓާއެކު ތަރައްޤީކޮށްފައިވާ ހުރަވަޅި މޯލްޑިވްސް ރިސޯޓް މިރޭ ހުޅުވާނެއެވެ.

މި ރިސޯޓު ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސުލްޖުމްހުރިއްޔާ އަބްދު ﷲ ޔާމީން އަބްދުލް ޤައްޔޫމްއެވެ. އަދި މިރިސޯޓުގައި ހަދާފައިވާ ދުނިޔޭގެ އެންމެ ބޮޑު މޫދު އަޑީގެ ރެސްޓޯރަންޓް ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހިމްއެވެ.

img:http://s1.psmnews.mv/images/660x400/14857825723885.jpg|ހުރަވަޅި ރިސޯޓުގައި ތަރައްޤީކޮށްފައިވާ ކަނޑުއަޑީގެ ރެސްޓޯރަންޓް / ފޮޓޯ: ހުރަވަޅި

ހުރަވަޅި ރިސޯޓުގައި 60 މޫދު ވިލާ އަދި 30 ބީޗް ވިލާ ތަރައްޤީކޮށްފައިވެއެވެ. މި ރިސޯޓު ތަރައްޤީކޮށްފައިވަނީ ތިމާވެއްޓާއި ރަޙުމަތްތެރި ގޮތަކަށެވެ. މި ގޮތުން ރިސޯޓުގައި ބޭނުންކުރާ ހަކަތައިގެ ބޮޑު ބައެއް ނަގަނީ ރިސޯޓުގެ ބައެއް ޢިމާރާތްތަކާއި ރަށަށް އަރާ ފޭބުމަށް އޮންނަ ޖެޓީ މަތީގައި ބަހައްޓާފައިވާ ސޯލާ ޕެނަލްތަކުންނެވެ. މި ޕެނަލްތަކުގައި 930 ކިލޯ ވޮޓްގެ ކަރަންޓު އުފެއްދުމުގެ ޤާބިލްކަން ހުރެއެވެ.

ހުރަވަޅި ރިސޯޓުގައި ހަދާފައިވާ ކަނޑު އަޑީގެ ރެސްޓޯރަންޓަކީ ކަނޑުގެ 5.8 މީޓަރު އަޑީގައި ހަދާފައިވާ ރެސްޓޯރަންޓެކެވެ. މިއީ 24 މީހުންގެ ޖާގައިގެ ރެސްޓޯރަންޓެކެވެ.