ޚަބަރު

ހުޅުމީދޫ ފްލެޓްތަކުގެ ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް ކުރަނީ


އައްޑޫ ސިޓީ ހުޅުމީދޫގައި ޢިމާރާތް ކުރެއްވި 48 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމި މިހާރު ކުރަމުން ގެންދަނީ ފައިނަލް އިންސްޕެކްޝަންގެ މަސައްކަތް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. img:http://s2.psmnews.mv/images/660x400/14856795508239.jpg|ހުޅުމީދޫގައި ޢިމާރާތް ކުރެއްވި ފްލެޓުތައް - ފޮޓޯ: ޕީއެސްއެމް

ހައުސިންގ މިނިސްޓްރީން ވަނީ ހުޅުމީދޫގައި ޢިމާރާތް ކޮށްފައިވާ ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލައްވާފައެވެ. އެ މިނިސްޓްރީން އަލުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައްފައި މިވަނީ މިދިޔަ އަހަރުގެ މެއިމަހުގައި ފްލެޓަށް ކުރިމަތިލުމަށް އެދި ހުށަހެޅި ފުރަޞަތުގައި "ކެޓަގަރީ އޭ" އަށް އެކަށީގެންވާ ޢަދަދަށް ފޯމް ހުށަހަޅާފައި ނުވާތީކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ހުޅުމީދުއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް މި ފްލެޓްތަކަށް އެދުމުގެ ފުރުޞަތުވެސް ހައުސިންގ މިނިސްޓްރީން ވަނީ ހުޅުވާލައްވާފައެވެ. މި ފްލެޓަށް އެދުމުގެ އުޞޫލްތަކަށް ހައުސިންގ މިނިސްޓްރީން ވަނީ ބައެއް ބަދަލުތައް ގެންނަވާ، ގެޒެޓްގައި ޝާޢިޢުކުރައްވާފައެވެ. img:http://s3.psmnews.mv/images/660x400/14856822695951.jpg|ހުޅުމީދޫގައި ޢިމާރާތް ކުރެއްވި ފްލެޓުތައް - ފޮޓޯ: ޕީއެސްއެމް

މި ފްލެޓްތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހަމަވާނީ މާރޗް މަހުގެ 2 ވަނަ ދުވަހުއެވެ.