ވިޔަފާރި

ދެ "ޓެކްސް" އެއްގެ ސުންގަނޑި މިއަދު ހަމަވާނެ


މުހިއްމު ދެ ޓެކްސްއެއް ދެއްކުމުގެ ސުންގަނޑި މިއަދު ހަމަވާތީ، އެކަމަށް ސަމާލުވުމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާއިން އިލްތިމާސްކޮށްފިއެވެ. 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން މައުލޫމާތުދެއްވިގޮތުގައި ހުސްވި ޑިސެމްބަރުމަހުގެ ގްރީންޓެކްސް ޕޭމަންޓް ދެއްކުމުގެ ސުންގަނޑި މިއަދުގެ ނިޔަލަށް ހަމަވާނެއެވެ. އަދި ޑިސެމްބަރުމަހުގެ ޖީއެސްޓީ ޕޭމަންޓް ދެއްކުމުގެ ސުންގަނޑިވެސް މިއަދުގެ ނިޔަލަށް ހަމަވާނެއެވެ. ޓެކްސް ދެއްކުމުގެ ސުންގަނޑި ހަމަވުމަށްފަހު، ދެން ޓެކްސް ޕޭމަންޓް ބަލައިގަންނާނީ ހަމަޖެހިފައިވާ އުޞޫލްގެމަތިން ޖޫރިމަނާއާ އެކުގައެވެ. 

މާދަމާ އަކީ ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީޕީޓީގެ މިދިޔަ އަހަރުގެ އިންޓަރިމް ޕޭމަންޓްގެ ބަޔާނުގެ އިތުރަށް ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަނޑި ހަމަވާދުވަސްކަމުން، މީރާއިން ވަނީ، އެކަމަށް ސަމާލުވުމަށް ކުންފުނިތަކަށް އިލްތިމާސްކުރައްވާފައެވެ.