ކުރިއަށް އޮތް ސީޒަނަށް ޓީސީ ވަރުގަދަކުރުމަށް އެކްލަބަށް ގެންނަން ނިންމި ބިދޭސީ ތިން ކުޅުންތެރިންވެސް ޓީމާއި ގުޅި، ޕްރެކްޓިސްގައި ރަނގަޅު ކުޅުމެއް ދައްކަމުންދާކަމަށް ޓީސީން ބުނެފިއެވެ.
އިއްޔެ ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު ޕްރީ ސީޒަން މެޗުގައި ޓީސީގެ ތިން ކުޅުންތެރިންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ގޯލް ބެލެހެއްޓީ ނޭޕާލްގެ އެއްވަނަ ކީޕަރު ކިރަން ޝެމްޝޮންގއެވެ. ޓީމްގެ ފޯވާޑްލައިންގައި މަސައްކަތްކުރީ ވިންސެންޓްގެ ޤައުމީ ޓީމަށް ކުޅެފައިވާ ފޯވާޑް ކޮނޭލިއަސް ސްޓެވާޓެވެ. އިބްރާހީމް މަހުދީއާއެކު އޭނާ ވަނީ ޓީސީގެ ކުރީގައި އިއްޔެގެ މެޗުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފައެވެ.
ޓީސީއަށް ގެނައި އިސްކޮޅުން ދިގު މިޞްރު ޑިފެންޑަރ އީސާ އެލް މަގްރަބީ ފެނުނީ ވަރުގަދަ ޑިފެންޑަރެއްގެ ގޮތުގައެވެ. މީގެއިތުރުން ޓީސީގެ ޕްރެކްޓިސްގައި އޮސްޓްރޭލިޔާގެ ފޯވާޑެއްވެސް އައީ ބައިވެރިވަމުންނެވެ. ޓްރެޔަލަށް އައި ފޯވާޑް ބޭނުން ނުކުރަން ޓީސީން ނިންމާފައިވާކަމަށް ކޯޗު މުޙައްމަދު ނިޒާމް ބުންޏެވެ.