ކުޅިވަރު

އިންޓަރ އޮފީސް ނެޓްބޯޅަ މުބާރާތް އަންނަ މަހު 5 ގައި


އިންޓަރ އޮފީސް ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތުގައި މިފަހަރު 16 ޓީމް ބައިވެރިވެފައިވާކަމަށް ނެޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ. 

ނެޓްބޯޅަ އެސޯސިއޭޝަނުން މަޢުލުމާތުދިން ގޮތުގައި މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އަންހެން ބައިގައި 12 ޓީމާއި، ފިރިހެން ބައިގަ 4 ޓީމެވެ.

ފިރިހެން ބައިގަ ބައިވެރިވި ޓީމްތަކަކީ ކުލަބް އާސަންދަ، ކަސްޓަމްސް ރެކްރިއޭޝަން ކުލަބް، މޯލްޑިވްސް އެއާޕޯރޓްސް ކޮމްޕެނީ އަދި މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީއެވެ. މީ މި މުބާރާތުގެ ފިރިހެން ބައިގައި ޓީމްތައް ވާދަކުރާ ފުރަތަމަ ފަހަރެވެ. 

މި މުބާރަތުގެ އަންހެން ބައިގަ ބައިވެރިވެފައިވާ ޓީމްތަކަކީ ކުލަބް އާސަންދަ، ކަސްޓަމްސް ރެކްރިއޭޝަން ކުލަބް، މޯލްޑިވްސް އެއާޕޯރޓްސް ކޮންޕެނީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، ދިރާގު، ކުލަބް އިމިގްރޭޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް، މީޑިއާ ނެޓް، ޕޮލިސް ކުލަބް، އުރީދޫ، ސިމްޑީ އަދި ޓީމް އެސްޓީއޯއެވެ.

އިންޓަރ އޮފީސް ކުންފުނިތަކުގެ ނެޓްބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގައެވެ.