ޚަބަރު

މަރަދޫ ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ


އައްޑޫ ސިޓީގެ މަރަދޫ ފޭދޫގައި ހިނގި އެކްސިޑެންޓެއްގައި 34 އަހަރުގެ ޒުވާނަކު މަރުވެއްޖެއެވެ.

އޭނ ާމަރުވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށެވެ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ އޭނާ މަރުވީ އެކްސިޑެންޓުގައި މެއަށް ލިބުނު ގެއްލުމުގެ ސަބަބުން އެތެރެހައްޓަށް ލޭ ފޭބުމުގެ ސަބަބުން ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ، މި ޒުވާނާ ދުއްވަން އިން ސައިކަލް ކޮންޓްރޯލް ނުވެ ގޮސް މަރަދޫ ފޭދޫ ފުޓްބޯޅަ ދަނޑު ކައިރީގައި ހުރި ދަނގަޑެއްގައި ޖެހިގެން ކަމަށް މަންޒަރުދުއް ބައެއް މީހުންނާ ހަވާލާދީ އައްޑޫގައި ހުރި ޕީއެސްއެމްގެ ރިޕޯޓަރު މައުލޫމާތުދެއެވެ.