މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2 ޕްރިމިއަރ ކުރުން ވަގުތުން


 22:30 - މޯލްޑިވިއަން އައިޑަލް ސީޒަން 2 ޕްރިމިއަރ ކޮށްފިއެވެ. 

22:00 - މޯލްޑިވިއަން އައިޑަލް ސީޒަން 2 ޕްރިމިއަރ ކުރުމުގެ ރަސްމިޔާތު ޝަރަފްވެރި ކުރެއްވުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ޝްވެކް ސިނަމާއަށް ވަޑައިގެންފިއެވެ. 

fb:https://www.facebook.com/tvmaldivespage/videos/1285292594885032/

މޯލްޑިވިއަން އައިޑަލް ސީޒަން 2 ޕްރިމިއަރ ކުރުމުގެ ރަސްމިޔާތު މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ. ސީޒަން 2 ޕްރިމިއަރ ކުރުން އޮތީ ޝްވެކް ސިނަމާގައެވެ. މިޙާރު ކުރިއަށްދަނީ ރެޑް ކާޕެޓް އިވެންޓެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ރާއްޖޭގައި މިހާތަނަށް ހުޅުވާލަދިން އެންމެ އަގުހުރި ފުރުޞަތަކަށް ވެފައިވަނީ ޕަބްލިކް ސަރވިސް މީޑިއާއިން ހުޅުވާލި މޯލްޑިވިއަން އައިޑަލްއެވެ. img:http://s3.psmnews.mv/images/660x400/14855383980720.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ޕްރެމިއަރ ޝޯގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ތާރިޚުގެ ތެރެއަށް މޯލްޑިވިއަން އައިޑަލް ވަދެފައިވަނީ ފުރަތަމަ ފަހަރަށް ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ބްރޭންޑްގެ ގޮތުގައެވެ. މިއާއެކު ލަވައާއި މިއުކިޒްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވެފައި ތިބި ޒުވާނުންނަށް ވަނީ މިދާއިރާއިން މުޅިން އައު ޕްލެޓްފޯމެއް ހުޅުވިފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާ އަގުބޮޑު ރިއަލިޓީ ޝޯވއެއް ރާއްޖޭގެ ޓީވީ ޗެނަލަކުން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. img:http://s2.psmnews.mv/images/660x400/14855392547249.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ޕްރެމިއަރ ޝޯގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ކާމިޔާބަށްފަހު ސީޒަން 2 މިރޭ ޕްރިމިއަރކުރާނެއެވެ. އެގޮތުން ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ އޮޑިޝަންތަކުގެ ޝޯވތަކެވެ. މިފަހަރުގެ އޮޑިޝަންތައް ކުރިއަށްގެންގޮސްފައިވަނީ މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ.ގަން، ބ. އޭދަފުށި، ހދ.ކުޅުދުއްފުށި، މި ސަރަޙައްދުތަކުގައެވެ.