ޚަބަރު

އިންޑިޔާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ދިދަ ނަގައިފި


އިންޑިޔާގެ 68 ވަނަ ޖުމުހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ އެޤައުމުގެ އެމްބަސީގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވަފައިފިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަކިލޭޝް މިޝްރާ ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން މާލޭގައި ދިރިއުޅޭ އިންޑިއާގެ ގިނަ ޢަދަދެއްގެ ރައްޔިތުންވެސް ބައިވެރިވެފައިވެއެވެ.

މި ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން އިންތިޒާމްކޮށްގެން ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.