ޚަބަރު

މިނިސްޓަރ ޠާރިޤް އިބްރާހިމް ރަސްމީ ދަތުރުފުޅެއްގައި އދ.އަތޮޅަށް


ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ޙައިސިއްޔަތުން އދ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެންވާރަމެންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް ފުރާ ވަޑައިގެންފިއެވެ.

މިނިސްޓަރު ޠާރިޤްގެ މި ދަތުރުފުޅަކީ އދ. އަތޮޅުގައި ސަރުކާރުން ހިންގަވާ އެކި މަޝްރޫޢުތައް ކުރިއަށްދާގޮތް ބައްލަވާލައްވާ، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންތައްތައް އޮޅުންފިލުއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި އދ.އަތޮޅުގެ ރަށްތަކުގެ ކައުންސިލްތަކާއި މުވައްސަސާތަކުގެ ބޭފުޅުންނާއިވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޠާރިޤްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ޔޫތް މިނިސްޓްރީއާއި އެންވާރަމެންޓް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.