ވިޔަފާރި

އީޑީސީ ނެގުމުގެ ޤަވާއިދު އާންމުކުރައްވައިފި


މޭ މަހުގެ އެއްވަނަދުވަހުގެ ފަހުން ދަތުރުކުރުމަށްޓަކައި, އަންނަ މަހުން ފެށިގެން ޓިކެޓް ގަންނަ ފަރާތްތަކުގެ އަތުން އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖުނެގުމަށް ހަމަޖައްސާ، އެއަރޕޯޓް ޓެކްސް ނެގުމުގެ ޤަވާޢިދު ޢާއްމުކުރައްވައިފިއެވެ.

މި ޤަވާއިދު ބުނާގޮތުން މިއަހަރުން ފެށިގެން އެއަރަލައިންތަކުން އޭޑީސީ ދައްކަންޖެހޭނީ މީރާއަށެވެ.

މި ޤަވާއިދުގެ ދަށުން އެއަރޕޯޓް ސަރވިސް ޗާޖްގެ ގޮތުގައި ބިދޭސީންގެ އަތުން 25 އެމެރިކާ ޑޮލަރު ނަގާއިރު ދިވެހިންގެ އަތުން ނަގާނީ 12 އެމެރިކާ ޑޮލަރެވެ. ދިވެހިންގެ އަތުން 12 ޑޮލަރުގެ ރޭޓުގައި މިހާރުވެސް މި ޓެކްސް ނަގައެވެ.

އޭޑީސީ ނެގުމުގައި އަމަލުކުރަންޖެހޭ އުސޫލްތައް ބަޔާކޮށް އާއްމުކޮށްފައިވާ އާ ޤަވާއިދުގެ ދަށުން، މިއަހަރުން ފެށިގެން އެއަރލައިންތަކުން އޭޑީސީ ދައްކަންޖެހޭނީ މީރާއަށެވެ. އަދި ރާއްޖެއަށް ޝެޑިއުލް ދަތުރުތައް އޮޕަރޭޓް ކުރާ އެއަރލައިންތަކުން މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 8 ވަނަދުވަހުން ފެށިގެން އެއަރޕޯޓް ސާރވިސް ޗާޖާއި އެއަރޕޯރޓް ޑިވެލޮޕްމެންޓް ފީ މީރާގައި ރަޖިސްޓްރީ ކުރަންޖެހޭނެއެވެ.

ޑިޕްލޮމެޓިކް އިމްތިޔާޒު ލިބިގެންވާ ފަރާތްތަކާއި ދެ އަހަރުން ދަށުގެ ކުދިންނާއި ޓްރާންސިޓް ފަސިންޖަރުން މި ފީ ދައްކާކަށް ނުޖެހެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް މިދިޔަ އަހަރު ސަރވިސް ޗާޖުގެ ގޮތުގައި 537 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއީ ދެހާސް ފަނަރަވަނަ އަހަރު އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި މީރާއަށް ލިބުނު ޢަދަދާ އަޅާބަލާއިރު އަށެއް އިންސައްތަ އިތުރު އަދަދެކެވެ.