ޚަބަރު

މާފަންނު ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


މާފަންނު ގެއެއްގެ ތެރޭގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެއެވެ.

އުމުރުން 51 އަހަރުގެ މިމިހާ މަރުވެފައި އޮއްވާ ފެނުނީ މ.ޏަމްޏަމްގެއިން ކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ނިދާ ނުހޭލައިގެން މި މިހާގެ އައިލާއިން މިއަދު ރިޕޯޓްކުރުމުން ފުލުހުންގޮސް ބެލި އިރު އެމީހާ ފެނިފައިވަނީ މަރުވެފައި އޮއްވާކަމަށެވެ. އަދި މި މިހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.