ކުޅިވަރު

އޮފީސް ކުންފުނި ހޭންޑްބޯލް މުބާރާތުގައި 12 ޓީމް


ދެ ވަނަ އިންޓަރ އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތުގައި މިފަހަރު 12 ޓީމުން ބައިވެރިވެފައިވާކަމަށް ހޭންޑްބޯލް މޯލްޑިވްސްއިން ބުނެފިއެވެ. 

ހޭންޑް ބޯލް މޯލްޑިވްސްއިން މަޢުލުމާތުދިން ގޮތުގައި މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ފިރިހެން ބައިގަ 4 ޓީމާއި، އަންހެން  ބައިގަ 8 ޓީމެވެ. މިމުބާރާތުގެ ފިރިހެން ބައިގައި ބައިވެރިވެފައިވާ ޓީމް ތަކަކީ ޕޮލިސް، އެމްޕީއެލް، މޯލްޑިވްސް ގޭސް އަދި ސްޓެލްކޯއެވެ. އަންހެން ބައިގަ ބައިވެރިވެފައިވާ ޓީމްތަކަކީ އިމިގްރޭޝަން، ޔޫތް މިނިސްޓްރީ، ފިނޭސް މިނިސްޓްރީ، އައިޖީއެމްއެޗް، ވިލާ އެއާރ، މިނިސްޓްރީ އޮފް ޓުއަރިޒަމް، ޕޮލިސް އަދި މޯލްޑިވްސް ގޭސްއެވެ.

ދެ ވަނަ އިންޓަރ އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތުގެ ފިރިހެންބައި ކުރިއަށްދާނީ ދެ ބުރެއް ކުޅުމަށްފަހު، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މިމުބާރާތުގެ އަންހެންބައި ކުރިއަށްދާނީ 2 ގުރޫޕަކަށް ޓީމްތައް ބަހާލުމަށްފަހު، ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ލިބޭ 2 ޓީމް ސެމީ ފައިނަލަށް ދަތުރުުކުރާ ގޮތަށެވެ.

2 ވަނަ އިންޓަރ އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ.