ކުޅިވަރު

ރާއްޖެ އޮމާނާއި ފަލަސްތީނާާއި، ބޫޓާނާ އެއް ގްރޫޕެއްގައި


އޭ.އެފް.ސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފަހު ބުރުގައި އޮމާން އަދި ފަލަސްތީނާއި އެއް ގްރޫޕެއްގައި ރާއްޖެ ލައްވާލައިފިއެވެ. މިއަދު އޮތް ގުރުއަތުލުމުން ދައްކާ ގޮތުން ރާއްޖެ ހިމެނޭ ގްރޫޕް ޑީގައި އޮމާނާއި، ފަލްސްތީންގެ އިތުރުން ދެން ހިމެނެނީ ބޫޓާންއެވެ.

2019 ވަނަ އަހަރު އެކުވެރި އަރަބި އިމާރާތުގައި އޮންނަ އޭޝިއަން ކަޕަށް ކޮންމެ ގްރޫޕަކުންވެސް ދެ ޓިމް ކޮލިފައިވާނެ އެވެ. އެއީ އެއްވަނަ ހޯދާ ޓީމާއި ރަނަރަޕް ޓީމެވެ.

ރާއްޖެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު މާލޭގައި ރާއްޖެ ނުކުންނާނީ ފަލަސްތީނާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ބޫޓާންއާއި ދެކޮޅަށް، އެ ޤައުމުގައި ރާއްޖެ ނުކުންނާނީ ޖޫން 13 ވަނަ ދުވަހުއެވެ. ސެޕްޓެމްބަރު 5 ގައި ރާއްޖެ ކުޅެން ޖެހޭނީ އޮމާނާއެވެ. މި މެޗް ކުޅޭނީ އޮމާންގައެވެ. އޮކްޓޫބަރު 10 ގައި ރާއްޖޭގައި އޮމާންއާއި ދެކޮޅަށް ކުޅޭއިރު، ނޮވެމްބަރު 14 ވަނަ ދުވަހު ފަލަސްތީންގައި އެ ޤައުމާ ދެކޮޅަށް ރާއްޖެ ނުކުންނަން ޖެހެއެވެ. ފަހު މެޗުގައި މާލޭގައި ރާއްޖެ ނުކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. މި މެޗް ކުޅޭނީ އަންނަ އަހަރުގެ މާޗް 28 ވަނަ ދުވަހުއެވެ.

މިގްރޫޕުން އެންމެ ވަރުގަދަ ޓީމަކީ އޮމާނެވެ. ބޫޓާނަށް މިހާތަނަށް ރާއްޖެ އަތުން މޮޅެއް ނުވެވެއެވެ.