ކުޅިވަރު

އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެންޕިއަންޝިޕް މާޗް 20 ގައި


10 ވަނަ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

އައްޑޫ ސިޓީގެ ހިތަދޫގައި މިއަހަރުގެ މާޗްމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 10 ވަނަ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ ސްކޫލް މަދަރުސާއާއި ކޮލެޖްތަކާއި، އެތުލެޓިކްސް އެސޯސިއޭޝަންގެ މެމްބަރ ކްލަބްތަކަށެވެ. މިމުބާރާތުގައިބައިވެރިވުމުގެ އެންމެފަހު ތާރީޚަކީ އަންނަ މަހުގެ 14 ވަނަ ދުވަހެވެ. އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕް ކުރިޔަށް ދާނީ އަންހެން އަދި ފިރިހެން ބައި ވަކިން، 3 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މިމުބާރާތް ބަހާލެވިފައިވާ އުމުރުފުރާ ތަކަކީ 13 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުން ދަށުގެ އުމުރުފުރާއެވެ. އަދި  ތިން އުމުރުފުރާ އެއްކޮށް 66 އިވެންޓް މުބާރާތުގައި ކުރިއަށްގެންދާނެކަމަށް އެތުލެޓިކްސްއެސޯސިއޭޝަނުން މަޢުލުމާތުދެއްވައެވެ. 10 ވަނަ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެންޕިއަންޝިޕް އޮންނާނީ މާޗް މަހުގެ 20 ން 23 އަށް އައްޑޫ ސިޓީގެ ތަދޫގައެވެ. 

ޗެންޕިއަން ޓީމަށް 7000 ރުފިޔާ، ދެ ވަނައަށްދާ ޓީމަކަށް 5000 ރުފިޔާ އަދި މުބާރާތުގެ 3 ވަނައަށް ދާޓީމަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ.