ޚަބަރު

އެސްޓީއޯގެ ފަރާތުން ކެއަރ ސޮސައިޓީއަށް ބޮޑު އެހީއެއް


ކެއަރ ސޮސައިޓީން ހިންގާ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚިދުމަތްދޭ ސެންޓަރުގެ އެއް އަހަަރު ދުވަހުގެ ކުލި އެސްޓީއޯއިން ދޭގޮތަށް ހަމަޖައްސައިފިއެވެ.

މިކަމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ މުޞްލިޙް މަސީޙް އެވެ. ކެއަރ ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޝިޔާނާ ޝަމީމް އެވެ. 

އެސްޓީއޯއިން ބުނީ މިއީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކެއަރ ސޮސައިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެވުނު އެއްބަސްވުމެއްކަމަށެވެ.

އެސްޓީއޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ޖެނުއަރީމަހުގެ 4 ވަނަ ދުވަހު ހެލްތް މިނިސްޓްރީއާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ހެލްތް މިނިސްޓްރީން ކ. އަތޮޅު ގުރައިދޫގައި ހިންގާ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ދެ މުވައްޒަފެއްގެ މުސާރަ އެއްއަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.