ޚަބަރު

އުރީދޫގެ އޮލަވާހަކަ ސްޓިކާތަކަށް ދިވެހިންގެ ބޮޑު ތަރުޙީބެއް


ދިވެހި ބަހާއި ދިވެހިންގެ ހާއްސަ އާދަކާދަތައް ހިމަނައިގެން އުރީދޫ އިން ފަރުމާކޮށްފައިވާ "އޮލަ ވާހަކަ" ވައިބަރ ސްޓިކާ ސެޓް ތައާރަފްކުރިތާ މަސްދުވަސްތެރޭ 2 މިލިއަން ފަހަރު ބޭނުންކޮށްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އަދުގެ ދިވެހި މުޖުތަމައުގައި ފެނިގެންދާ ހާއްސަ އާދަކާދަތަކާއި ދިވެހިންގެ އަމިއްލަވަންތަ ބަހުރުވަ ދައްކުވައިދޭ ތަފާތު ދެ ވައިބަރ ސްޓިކަރ ޕެކެއް އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް، ވައިބާގައި ދިވެހިބަހުގެ މުއްސަނދިކަން ދައްކުވައިދޭ އިތުރު ސްޓިކާތައް ތައާރަފް ކުރަމުންދާނެކަމަށް އުރީދޫން ހާމަކުރެއެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ މި ސްޓިކާތައް މެދުވެރިކޮށް ދިވެހީންގެ އަމިއްލަވަންތަކަމާއި އެކު، އަމިއްލަ ބަހުން މުއާމަލާތުކުރުމުގެ ފަޙުރު ލިބިގެންދާ ކަމަށާއި މިފަދަ ކަންކަމުގައި މިފަދަ ދިވެހިވަންތަ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރިއަށް އޮތް ތަނުގައިވެސް އުރީދޫން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.