ކުޅިވަރު

އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖޭގެ އަންހެން ޓީމް ބަލިވެއްޖެ


ބަހުރެއިންއާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖޭގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމް ބަލިވެއްޖެއެވެ.

ބަހުރެެއިންގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ގައުމީ އަންހެން ޓީމް އިއްޔެ ބަލިވީ 5 ލަނޑު 1 ލަނޑުންނެވެ. މެޗްގައި ރާއްޖެގެ ޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފަދުވާ ޒާހިރުއެވެ. ޤައުމީ އަންހެން ފުޓްބޯޅަ ޓީމް ބަހުރެއިންގައި ކުޅުމަށް ހަމަޖެހިފައިވާ ދެ ވަނަ މެޗް ކުޅޭނީ އަންނަ އަންގާރަ ދުވަހުއެވެ. މި ދެ މެޗަށްފަހު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޤައުމީ އަންހެން ޓީމް ބަޙުރެއިންގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވިއެވެ. 

މިދަތުރަކީ ބަޙްރެއިންގެ ދަޢުވަތަކަށް ކުރާ ދަތުރެއްކަމަށާއި، އަދި އަންހެން ޓީމްގެ ކުރިއެރުމަށްޓަކައި އެފްއޭއެމްއިން މިއަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއްވިއެވެ. މިދިޔަ މަހު ނިމިގެންދިޔަ 4 ވަނަ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.