ކުޅިވަރު

ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތް އަންނަ މަހުގެ 3 ވަނަ ދުވަހު ފަށަނީ


މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ބަށި މުބާރާތް، ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތް އަންނަ މަހުގެ 3 ވަނަ ދުވަހު ފަށަން ނިންމައިފިއެވެ. ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތުގައި 49 ޓީމް ވަނީ ބައިވެރިވެފައިވެއެވެ.

 ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތް އިންތިޒާމްކުރާ ކޮމެޓީން މަޢުލުމާތުދެއްވި ގޮތުގައި މުބާރާތް އިފްތިތާހުކުރުން މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހު ނ.އަތޮޅު ލަންދޫގައެވެ. ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތުގެ ފުރަތަމަ ބުުރުގެ މެޗްތައް ކުރިއަށްދާނީ މިއަންނަ މަހުގެ 3 ން 25 އެވެ. އަދި މުބާރާތުގެ ދެވަނަ ބުރުގެ މެޗްތައް އޮންނާނީ މާޗް މަހުގެ 7 ން 31 އަށެވެ. މުބާރާތުގެ ފައިނަލް ބުރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 11 އިން 14 އަށެވެ. މިމުބާރާތުގައި 17 އަތޮޅުން ވާދަކުރެއެވެ.   

މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތައް:

ހއ.އަތޮޅު 2 ޓީމް:

ކެލާ އަދިި އުތީމް. ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް ދެ މެޗުން މޮޅުވާ ޓީމްއަކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ށ.އަތޮޅު 3 ޓީމް:

ގޮއިދޫ، ފޮނަދޫ އަދި މަކުނުދޫ. 3 ޓީމް، ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލް މެޗްގައި ވާދަކުރާ ގޮތަށެވެ. ފައިނަލް މެޗުން މޮޅުވާ ޓީމްއަކަށް 2ވަނަ ބުރުގެ ފުރުސަތު ލިބިގެންދާނެއެވެ.

ނ.އަތޮޅުން 7 ޓީމް:

ގުރޫޕް އޭ: ލަންދޫ، މާޅެންދޫ، މާފަރު އަދި ކުޑަފަރި

ގުރުޕް ބީ: ޅޮހި، ހޮޅުދޫ އަދި މަނަދޫ.

ނ.އަތޮޅުގެ ޓީމްތަށްވަނީ ދެ ގުރޫޕްއަކަށް ބަފާލެވިފައެވެ. ކޮންމެ ގުރޫޕްއަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ 2 ޓީމްގެ މެދުގައި ފައިނަލް މެޗްއެއް ކުޅުމަށްފަހު، ޗެންޕިއަން ޓީމްއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ރ.އަތޮޅުން 5 ޓީމް:

ގުރޫޕް އޭ: ރަސްގަދީމް، ހުޅުދުއްފާރު އަދި ދުވާފަރު

ގުރޫޕް ބީ: މީދޫ އަދި އިގުރައިދޫ.

2 ގުރޫޕްއިން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމް ވާދަކުރާނީ ފައިނަލް މެޗްގައި ވާދަކޮށް، ފައިނަލް މެޗުން މޮޅުވާ ޓީމްއަކަށް އަތޮޅު ޗެންޕިއަނުންގެ ގޮތުގައި ދެވަނަ ބުރުން ފުރުސަތު ލިބިގެންދާނެއެވެ.  

ޅ.އަތޮޅުން 2 ޓީމް:

ނައިފަރު އަދި ހިންނަވަރު

ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް 2 މެޗުން މޮޅުވާ ޓީމްއަކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކ.އަތޮޅު (މާލެ ސިޓީ)  3 ޓީމް:

ހުޅުމާލެ، މައްޗަންގޯޅި އަދި ގަލޮޅު. 3 ޓީމް، ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލް މެޗްގައި ވާދަކުރާ ގޮތަށެވެ. ފައިނަލް މެޗުން މޮޅުވާ ޓީމްއަކަށް 2ވަނަ ބުރުގެ ފުރުސަތު ލިބިގެންދާނެއެވެ.

img:http://s4.psmnews.mv/images/660x400/14849272279603.jpg|އެސްޓީއޯ ބަށި މުބާރާތުގެ ތެރެއިން.

ޚ.އަތޮޅު (ކ.އަތޮޅު ޓީމްތަށް) 4 ޓީމް:

ގުޅި، މާފުށި، މާލެއ ސީޓީ އަދި ކާށިދޫ. 4 ޓީމް، ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލް މެޗްގައި ވާދަކުރާ ގޮތަށެވެ. ފައިނަލް މެޗުން މޮޅުވާ ޓީމްއަކަށް 2ވަނަ ބުރުގެ ފުރުސަތު ލިބިގެންދާނެއެވެ.

އއ.އަތޮޅުން ބައިވެރިވެފައިވަނީ ހިމަންދޫ އެކަންޏެވެ. ހިމަންދޫވަނީ ދެވަނަ ބުރަށް ދަަތުރުކޮށްފައެވެ.

އދ.އަތޮޅުން 4 ޓީމް:

މާމިގިލި، ކުނބުރުދޫ، މަހިބަދޫ އަދި ފެންފުށި. 4ޓީމް ދެ ގުރޫޕްއަކަށް ބަހާލުމަށްފަހު، ކޮންމެ ގުރޫޕްއެއްގެ އެންމެ މޮޅު ޓީމް ފައިނަލް މެޗްއެއްގައި ވާދަކޮށް، އަތޮޅު ޗެންޕިއަނުން ކަޓައެޅިގެންދާނެއެވެ.

ވ.އަތޮޅުން ބައިވެރިވެފައިވަނީ ކެޔޮދޫ އެކަންޏެވެ. ކެޔޮދޫވަނީ 2ވަނަ ބުރަށް ދަތުރުކޮށްފައެވެ.

މ.އަތޮޅުން 3 ޓީމް:

ނާލާފުށި، ކޮޅުފުށި އަދި ވޭވަށް. 3 ޓީމް، ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލް މެޗްގައި ވާދަކުރާ ގޮތަށެވެ. ފައިނަލް މެޗުން މޮޅުވާ ޓީމްއަކަށް 2ވަނަ ބުރުގެ ފުރުސަތު ލިބިގެންދާނެއެވެ.

ފ.އަތޮޅުން 2 ޓީމް:

ބިލެއްދޫ އަދި ފީއަލި. ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް މޮޅުވާ ޓީމްއަކަށް 2ވަނަ ބުރުން ފުރުސަތު ލިބިގެންދާނެއެވެ.

ދ.އަތޮޅުން 2 ޓީމް:

ބަނޑިދޫ އަދި ކުޑަހުވަދޫ. ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް މޮޅުވާ ޓީމްއަކަށް 2ވަނަ ބުރުން ފުރުސަތު ލިބިގެންދާނެއެވެ.

ތ.އަތޮޅުން ބައިވެރިވެފައިވަނީ ވޭމަންޑޫ އެކަންޏެވެ. ވޭމަންޑޫވަނީ 2ވަނަ ބުރަށް ދަތުރުކޮށްފައެވެ.

ލ.އަތޮޅުން 4 ޓީމް

ގަން، ފޮނަދޫ، މުންޑޫ އަދި ތުނޑި. ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް މޮޅުވާ ޓީމްއަކަށް 2ވަނަ ބުރުން ފުރުސަތު ލިބިގެންދާނެއެވެ.

ގއ.އަތޮޅުން 3 ޓީމް:

ވިލިގިލި، ގެމަނަފުށި އަދި ނިލަންދޫ. 3 ޓީމް، ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމް ފައިނަލް މެޗްގައި ވާދަކުރާ ގޮތަށެވެ. ފައިނަލް މެޗުން މޮޅުވާ ޓީމްއަކަށް 2ވަނަ ބުރުގެ ފުރުސަތު ލިބިގެންދާނެއެވެ.

ގދ.އަތޮޅުން 2 ޓީމް:

މަޑަވެލި އަދި ވޭމަންދޫ. ކޮންމެ ޓީމްއެއް ކޮންމެ ޓީމްއަކާ ވާދަކޮށް މޮޅުވާ ޓީމްއަކަށް 2ވަނަ ބުރުން ފުރުސަތު ލިބިގެންދާނެއެވެ.

ޏ.އަތޮޅުން ބައިވެރިވެރިވެފައިވަނީ 1 ޓީމްއެކެވެ.

ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތް އިންތިޒާމްކުރާ ކޮމެޓީން މަޢުލުމާތުދެއްވި ގޮތުގައި މިމުބާރާތް ކުރިއަށްދާނީ އަތޮޅު މުބާރާތެއް ކުޅުމަށްފަހު، އަތޮޅު ތަކުގެ ޗެންޕިއަނުން ޒޯން މުބާރާތުގައި ވާދަކުރާ ގޮތަށެވެ. ޒޯން ތަކުގެ ޗެންޕިއަން ޓީމްތައް ވާދަކުރާބައި ކުރިއަށްގެންދާނީ މާލޭގައެވެ. މިއީ ބަށީގެ ތާރީޚުގައިވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ ބަށި މުބާރާތެވެ.