ކުޅިވަރު

ޓޮޓްނަމްގެ ސެންޓްރަލް ޑިފެންޑަރ 6 ހަފްތާއަށް ކުޅުމާ ދުރަށް


ޓޮޓްނަމްގެ ޑިފެންޑަރ ޖެން ވަރޓަންހެން 6 ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ. 

އިނގިރޭސި ޕްރިމިމިއަރ ލީގުގެ ގަދަ ބާރު ޓޮޓްނަމްގެ ޑިފެންޑަރ ވަރޓަންހެންގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން ކޯޗް މައުރީޝިއޯ ޕޮޗެޓީނޯބުނީ މަދުވެގެން 6 ހަފްތާއަށް ވަރޓަންހެން ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށެވެ. ވަރޓަންހެންއަށް އަނިޔާވީ ނިމުނު ހަފްތާތެރޭ ލީގުގައި ވެސްޓްބޮރޮމްއާ ދެކޮޅަށް ކުޅެ ތަފާތު ބޮޑު ނަތީޖާއަކުން ޓޮޓްނަމް މޮޅުވި މެޗްގައެވެ. އެމެޗް ޓޮޓްނަމް ކާމިޔާބުކުރީ 4-0 އިންނެވެ. ވާޓަންހެންއަކީ ޓޮޓްނަމްގެ ސެންޓްރަލް ޑިފެންޑަރެވެ. ޓީމްގެ ފަހަތް ބެލެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިޔާއެވެ. 

ޓޮޓްނަމްގެ ކޯޗް އާޖެންޓީނާގެ މައުރީޝިއޯ ޕޗެޓީނޯބުނީ އޮޕަރޭޝަނެއް ކުރަން ނުޖެހުނު ނަމަވެސް ވަރަށް ގިނަދުވަހު އަރާމު ކުރުމުގެ ފުރުޞަތު އަނިޔާވި މުހިންމު ޑިފެންޑަރަށް ބޭނުންވާކަމަށެވެ. ޕޮޗެޓީނޯބުނީ އަދި ހާސްވާ ވަރު ނުވާ ކަމަށާއި އެފަދަ މަޤާމްތައް ފޫބައްދާނެ ކުޅުންތެރިން ޓޮޓްނަމްގައި އެބަތިބި ކަމަށްެވެ. ޓީމްގެ ކޮންމެ ކުޅުންތެރިއަކަށް އިތުބާރު ކުރާކަމަށާއި ސެންޓްރަލް ޑިފެންޑަރެއްގެ މަޤާމް އަދާކުރާނެ އިތުބާރު ކުޅުންތެރިން ޓީމްގައި އެބަ ތިބިކަމަށެވެ. 29 އަހަރުގެ ޑިފެންޑަރގެ ފައިގެ ސްކޭނެއް މިއަދުގެ ވަގުތެއްގައި ހަދާނެ ކަމަށް ޓޮޓްނަމުން ނެރުނު މީޑިއާ ރިޕޯޓެއްގައި ބުނެފައިވެއެވެ.