ކުޅިވަރު

ތަމްރީން ހޯދުމަށާއި، ދެ މެޗު ކުޅެން އަންހެން ޓީމް ބަހުރެއިންއަށް


އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް އަންހެން ފުޓުބޯޅަ ޓީމް ބަހުރެއިންއަށް ފުރައިފިއެވެ. 

ޤައުމީ އެންހެން ޓީމް ބަހްރެެއިންގައި 2 މެޗް ކުޅުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއްވައެވެ. އެފްއޭއެމްއިން މައުލޫމާތުދެއްވި ގޮތުގައި އަންހެން ޓީމްގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ  21ވަނަ ދުވަހުއެވެ. އަދި ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ ބަޙްރެއިންގެ ޤައުމީ ޓީމާއެކުއެވެ. 

މި ދެމެޗަށްފަހު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ގައުމީ އަންހެން ޓީމް ބަޙްެރެއިންގައި ފަރިތަކުރުންތައް ކުރިއަށްގެންދާނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ. މިދަތުރަކީ ބަޙްރެއިންގެ ދަޢުވަތަކަށް ކުރާ ދަތުރެއްކަމަށާއި، އަދި އަންހެން ޓީމްގެ ކުރިއެރުމަށްޓަކައި އެފްއޭއެމްއިން މިއަހަރު ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން މަޢުލުމާތުދެއްވައެވެ.

މިދިޔަ މަހު ނިމިގެންދިޔަ 4 ވަނަ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމްވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.