ސިއްހަތު

އައިޖީއެމްއެޗުގައި ޑޮކްޓަރުންނަށް ޚާއްސަ ލައުންޖެއް ހުޅުވައިފި


އިންދާރީ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގައި މަސައްކަތްކުރައްވާ ޑޮކްޓަރުންނަށް ޚާއްސަ ލައުންޖެއް ހުޅުވައިފިއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ މެޑިކަލް ޑޮކްޓަރަށްނިސްބަތްކޮށް މި ލައުންޖަށް ނަންދީފައިވަނީ  ޑރ.އެންޑީއަބްދުﷲ ލައުންޖު ގެ ނަމުންނެވެ. އައިޖީއެމްއެޗުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައިލައުންޖު ހުޅުއްވައިދެއްވީ އައިޖީއެމްއެޗް ގަވަރަނިންގ ބޯޑުގެ ވައިސް ޗެއަރމަން ޑރ.އަބްދުލްއަޒީޒްޔޫސުފެވެ. 

މިރަސްމިޔާތުގައި ވާހަކަފުޅުދައްކަވަމުންޑރ.އަބްދުލްއަޒީޒް ޔޫސުފް ވިދާޅުވީ، މިއަދު ހުޅުވި ޑޮކްޓަރސް ލައުންޖު ޖާގައިގެގޮތުން ކުޑަނަމަވެސް، ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ޖާގަ ތަނަވަސް ލައުންޖެއްހުޅުވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިކަމުގެ ސަބަބުންޑޮކްޓަރުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޑރ.އަބްދުލް އަޒީޒްފާހަގަކުރެއްވިއެވެ. ލައުންޖް ހުޅުއްވުމަށް ބޭއްވި ރަސްމިޔާތުގައިއައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރާއި، ހޮސްޕިޓަލުގެ އިސްވެރިންބައިވެރިވެވަޑައިގެންނެވިއެވެ.

އައިޖީއެމްއެޗުގައި 190 ޑޮކްޓަރުންމަސައްކަތްކުރައްވައެވެ.