ޚަބަރު

ފޯކައިދޫ ކުޑަކުދިންގެ ޕާކް ހުޅުވައިފި


ށ.ފޯކައިދޫގައި ޒަމާނީ ފެންވަރުގެ ކުޑަކުދިންގެ ޕާކެއް ހުޅުވައިފިއެވެ. 

"މަރިޔާދު މައުޒާން" ގެ ނަމުގައި ހުޅުވި މި ޕާކަކީ ރާއްޖޭގައި ހުރި މިފަދަ އެހެން ޕާރކްތަކާ އަޅާކިޔާއިރު، ރަނގަޅު ފެންވަރެއްގައި ތަރައްޤީކޮށްފައިވާ ޕާކެއްކަމަށް ފޯކައިދޫ ކައުންސިލުގެ ރައީސް މުޙައްމަދު ރާޝިދު ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/14849874426396.jpg|ފޯކައިދޫ ކުޑަކުދިންގެ ޕާކް ހުޅުވުމުގެ ރަސްމިޔާތުގެތެރެއިން - ފޮޓޯ: ފޯކައިދޫ ކައުންސިލް

img:http://s3.psmnews.mv/images/660x400/14849874780234.jpg|ފޯކައިދޫ ކުޑަކުދިންގެ ޕާކް ހުޅުވުމުގެ ރަސްމިޔާތުގެތެރެއިން - ފޮޓޯ - ފޯކައިދޫ ކައުންސިލް

މި ޕާކް ތަރައްޤީކުރުމަށްޓަކައި ގާތްގަނޑަކަށް 700000 ރުފިޔާ ޙަރަދުވި ކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވިއެވެ. މި ޕާކަކީ، 200 ފޫޓް ދިގު 100 ފޫޓް ފުޅާ ޕާކެކެވެ. މި ޕާކަކީ ފޯކައިދޫ ކައުންސިލުގެ ޚަރަދުގައި ތަރައްޤީކުރި ޕާކެއްކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. މި ޕާކް ހުޅުވުމަކީ އެރަށުގެ ކުޑަކުދިންނަށް ހިތްހަމަޖެހުން ގެނުވައިދޭނެކަމެއްގެ ގޮތުގައި އެރަށު ކައުންސިލުން ދެކެއެވެ. މި ޕާރކް ގެ މަސައްކަތް ފަށާފައިވަނީ 2013 ވަނައަހަރުއެވެ.