ޚަބަރު

ސްޓެލްކޯގެ މާ ޓީވީ ތަޢާރަފްކޮށްފި


ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މާޓީވީ ތަޢާރަފްކޮށްފިއެވެ. img:http://s1.psmnews.mv/images/660x400/14845929179341.jpg|މާޓީވީ ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

ސްޓެލްކޯ އިންޖީނު ޢިމާރާތުގެ ބޮޑުތަކުރުފާނުމަގާ ދިމާލުގައި ހަރުކޮށްފަވާ، މި ޓީވީ ތައާރަފްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ.

30 ފޫޓުގެ މި ޓީވީއަކީ އެލްއީޑީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޓީވީއެކެވެ. މާޓީވީއާ ބެހޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްޝަކޫރު ޞާލިޙު ވިދާޅުވީ، އެކުންފުނިން ރައްޔިތުންނަށް ދިނުމަށް ބޭނުންވާ މުހިއްމު މެސެޖްތައް މި ޓީވީ މެދުވެރިކޮށް ދެވޭނޭ ކަމަށެވެ. ޝަކޫރު ވިދާޅުވީ، މާޓީވީގެ ސަބަބުން ސްޓެލްކޯއިން ރައްޔިތުންނަށް ދިނުމަށް ބޭނުންވާ އެކިއެކި މައުލޫމާތުތައް ފަސޭހަކަމާއިއެކު ދެވިގެންދާނޭ ކަމަށެވެ.

ސްޓެލްކޯއިން ބުނީ، މާޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދިނުމުގެ ފުރުޞަތު ދައުލަތުގެ ކުންފުނިތަކާއި، މުއައްސަސާތަކަށްވެސް އޮންނާނޭ ކަމަށެވެ.