މުނިފޫހިފިލުވުން

ފިލްމް ފެއަރ އެވޯޑްގެ އެންމެ މޮޅު ފިލްމަކަށް "ޑަންގަލް" ހޮވިއްޖެ


އިންޑިޔާގެ ފިލްމީ ސިނާޢަތުގައި ދޭ އެންމެ ޝަރަފްވެރި އެއް އެވޯޑް، ފިލްމް ފެއަރ އެވޯޑްގެ އެންމެ މޮޅު ފިލްމަކަށް ޑަންގަލް ހޮވިއްޖެއެވެ.

މިއެވޯޑްގައި އެންމެ މޮޅު ޑައިރެކްޓަރުގެ މަޤާމް ހޯދީ ހަމަ އެފިލްމުން ނިތޭޝް ތިވާރީއެވެ.

މިއަހަރުގެ ޖިއޯ ފިލްމް ފެއަރ އެވޯޑްގައި އަހަރުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް އާމިރު ޚާން އުފުލާލީ ފިލްމް ޑަންގަލްއިންނެވެ. މިދިޔަ އަހަރު އެންމެ ބޮޑު މާލީ ކާމިޔާބެއް ހޯދި ފިލްމް ޑަންގަލް މިއެވޯޑްގައިވެސް ވަނީ ޝަރަފްވެރި އެވޯޑްތަކެއް ހޯދާފައެވެ. ބެސްޓް އެކްޓްރެސްގެ އެވޯޑް ލިބުނީ ފިލްމް އުޅުތާ ޕަންޖާބުގައި ދައްކުވައިދިން ހުނަރުވެރި ރޯލުން އާލިއާ ބަޓަށެވެ. img:http://s3.psmnews.mv/images/660x400/14845743002654.jpg|އާލިއާ ބަޓް - ފޮޓޯ: ޓްވިޓަރ

ޖިއޯ ފިލްމް ފެއަރ އެވޯޑުގެ ކްރިޓިކްސްގެ ބައިން އެންމެ މޮޅު ފިލްމްގެ އެވޯޑް ލިބުނީ ފިލްމް ނީރްޖާއަށެވެ. މިބައިން އެންމެ މޮޅު އެކްޓަރުގެ އެވޯޑް ލިބުނީ އުޅުތާ ޕަންޖާބުން ޝާހިދު ކަޕޫރަށެވެ. ކްރިޓިކްސް ބެސްޓް އެކްޓްރެސްގެ އެވޯޑް ލިބުނީ ފިލްމް ނީރުޖާގައި ކުޅެފައިވާ ރޯލުން ސޯނަމް ކަޕޫރަށެވެ. ފިލްމް ފެއާރ އެވޯޑުގެ ބެސްޓް ސަޕޯޓިންގ އެކްޓަރ އެވޯޑްގެ މިފަހަރު ގެންދިޔައީ ރިޝީ ކަޕޫރެވެ. ރިޝީއަށް މި އެވޯޑް ލިބުނީ ފިލްމް ކަޕޫރު އެންޑް ސަންސްގައި ކުޅެފައިވާ ރޯލަށެވެ. ބެސްޓް ސަޕޯޓިންގް އެކްޓްރެސްގެ އެވޯޑް މިއަހަރު ގެންދިޔައީ ފިލްމް ނީރްޖާއިން ޝަބާނާ އަޒްމީއެވެ.

އެންމެ މޮޅު މިއުޒިކް އަލްބަމަކަށް ހޮވުނީ އޭ ދިލްހެ މުޝްކިލެވެ. އެންމެ މޮޅު ލިރިކްސް ލިބުނީ މި ފިލްމަށް އަމީތާބް ބަޓަޗާރިޔާ ތައްޔާރުކޮށްދިން "ޗަންނާ މޭރެޔާ" އަށެވެ. އަދި އެންމެ މޮޅު ޕްލޭބެކް ލަވަކިޔުންތެރިޔާގެ އެވޯޑުވެސް ލިބުނީ މިފިލްމުގެ ޓައިޓްލް ލަވަ "އޭ ދިލް ހޭ މުޝްކިލް" ކިޔައިދިން އަރިޖީތު ސިންގއަށެވެ. އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ލިބުނީ ފިލްމު "ސުލްތާން" ގެ "ޖަގް ގޫމެޔާ" ކިޔައިދިން ނޭހާ ބާސިންއަށް.

ބޮލީވުޑަށް ވޭތުވެދިޔަ އަހަރު އަލަށް ތައާރަފުވި އެންމެ މޮޅު ބަތަލަކަށް ހޮވުނީ "އުޅްތާ ޕަންޖާބު"ން ބޮލީވުޑަށް ތަޢާރަފުވި ދިލްޖިތު ދޮސަންޖެވެ.

އަދި އެންމެ މޮޅު ބަތަލާ އަކަށް ހޮވުނީ "ސާލާ ކަޑޫސް" އިން ބޮލީވުޑަށް ތަޢާރަފުވި ރިތިކާ ސިންގެވެ. މިއަހަރުގެ ލައިފް ޓައިމް އެޗީވްމެންޓް އެވޯޑް ދީފައިވަނީ ސޮނާކްޝީގެ ބައްޕަ އަދި ކުރީގެ މަޝްހޫރު ބަތަލް ޝަތުރަގަން ސިންހާއަށެވެ.