ކުޅިވަރު

މޮޅު ކުޅުންތެރިއަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހޮވާ މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް ޢަލީ ފާސިރު އަދި އެންމެ މޮޅު ކޯޗަކަށް މުޙައްމަދު ނިޒާމް ހޮވައިފިއެވެ.

މޯލްޑިވްސް ފުޓްބޯލް އެވޯޑްސް 2016 ގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށް މިދިޔަ އަހަރު ޓީސީއަށް ކުޅުނު ޢަލީ ފާސިރު ހޮވުނީ މާޒިޔާގެ ކެޕްޓަން އަސަދު ﷲ އަބުދު ﷲ އާއި، އީގަލްސްގެ ކެޕްޓަން އިމްރާން ނަޝީދުއާއި ވާދަކޮށްގެންނެވެ. 

މޮޅު ކޯޗުގެ މަޤާމް ހޯދި ޓީސީގެ މުޙައްމަދު ނިޒާމަށް ތައްޓެއް ހޯދައިނުދެވުނަސް އޭނާގެ އިރުޝާދުގެ ދަށުން ޓީސީ ވަނީ ޕްރެޒިޑެންޓްކަޕާއި، އެފްއޭކަޕް ފައިނަލް ކުޅެ ލީގުގެ ދެވަނަ ހޯދާފައެވެ. މޮޅު ކޯޗުގެ މަޤާމަށް ދެން ވާދަކުރީ އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ އާއި މާޒިޔާގެ ކޯޗު ޢަލީ ސުޒޭނެވެ.

img:http://s3.psmnews.mv/images/660x400/14845846426190.jpg|އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދި އަހުމަދު ރިޒުވާން- ފޮޓޯ: ޢަލީ ނަޞީރު، ޕީއެސްއެމް

އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ޕްރެޒިޑެންޓްކަޕް އީގަލްސްއަށް ކާމިޔާބުކޮށްދިން ގޯލް ޖެހި އަހުމަދު ރިޒުވާނެވެ. އޭނާ އެވޯޑް ހޯދީ އެކްލަބްގެ އަންސަރު އިބްރާހީމްއާއި ޓީސީގެ ނާއިޒު ހަސަންއާއި ވާދަކޮށްގެންނެވެ.