ޚަބަރު

ވޯޓު ލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި


ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް ގެޒެޓްކުރައްވާ އެ ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައްވައިފިއެވެ. 

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ވޯޓަރސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިމަހުގެ ތޭވީސް ވަނަދުވަހުގެ ނިޔަލަށް ހުޅުވާލައްވާފައިވާކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. 

އަންނަ އޭޕްރިލްމަހުގެ އަށްވަނަދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓްލާ މީހުންގެ ލިސްޓް އިލެކްޝަން ކޮމިޝަނުން އާއްމުކުރައްވާފައިވަނީ އެ ކޮމިޝަންގެ ވެބްސައިޓާއި ރަށު ކައުންސިލް އިދާރާތަކުގެ އިތުރުން ގެޒެޓްގައެވެ. މީގެއިތުރުން 1414އަށް އެސް އެމް އެސް ކުރުމުންވެސް ލިސްޓް ޗެކްކުރެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.