ޚަބަރު

ސަރުކާރުގެ 2 މަޤާމަކަށް ބޭފުޅުން ޢައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،‏ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށް، ކޮޅުމަޑުލު ގުރައިދޫ މެދުގޭ އަލްފާޟިލް މުޙައްމަދު އިބްރާހީމް މަނިކު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މީގެ އިތުރުން، ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރުގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް، ހައްދުންމަތި ގަން (ތުނޑި) ކޯޒީކޯނަރ އަލްފާޟިލް އަޙްމަދު ރަޝީދު މިއަދު ބަދަލުކުރެއްވިއެވެ. އަޙްމަދު ރަޝީދު މީގެ ކުރިން ހުންނެވީ އެއޮފީހުގެ އެގްޒެކެޓިވް ކޯޑިނޭޓަރުގެ މަގާމުގައެވެ.