ވިޔަފާރި

ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަންތައް އާއްމުކުރައްވައިފި


އަތޮޅުތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ދެހާސް ސޯޅަވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި ޖީއެސްޓީ ބަޔާން ހުށަނާޅާ ވިޔަފާރިތަކާއި ޖީއެސްޓީ ނުދައްކާ ވިޔަފާރިތަކުގެ ނަންތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ޢާންމުކުރައްވައިފިއެވެ.

މީރާއިން ވިދާޅުވީ ވެބްސައިޓުގައި ޝާއިޢުކުރައްވާފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީއެސްޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރައްވާނޭކަމަށެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގައި ޖީއެސްޓީ ނުދައްކާ 82 ފަރާތެއްގެ ނަން މީރާއިން ވަނީ ޢާންމުކުރައްވާފައެވެ. މި ލިސްޓުގައި ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާ 17 ފަރާތަކާއި އެ ނޫން ދާއިރާތަކުގައި ވިޔަފާރިކުރާ 65 ފަރާތެއް ހިމެނެއެވެ. 

މީރާއިން ވިދާޅުވީ ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކިފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޢަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެންވެސް އެ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރައްވާފައިވާކަމަށެވެ.