ކުޅިވަރު

ހިރިލަންދޫގައި އަންހެނުންގެ ވޮލީ މުބާރާތެއް ފަށައިފި


ކޮޅުމަޑުލު ހިރިލަންދޫގައި އަންހެނުންގެ ވޮލީ މުބާރާތެއް ފަށައިފިއެވެ.

މި މުބާރާތަކީ ހިރިލަންދޫ ހޮޓެލް ޕްރާންޒޯއިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. އިއްޔެއިން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށްދާނީ ހިރިލަންދޫ ބަނދަރު ސަރަހައްދުގައި ހުންނަ އެރަށު ރަސްމީ ވޮލީ ކޯޓްގައެވެ.

މި މިބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗްގައި ބައްދަލުކުރީ ހިރިލަންދޫ ދަނޑޫރަ ޓީމާއި ވަންދޫ ޓީމެވެ. މިމެޗް ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ދަނޑޫރައެވެ. މި މުބާރާތުގެ މުބާރާތުގެ ފުތަރަމަ މެޗްގައި އިއްޔެ ބައްދަލުކުރީ ރަނގަބީލު ޓީމާއި ސަންގު ޓީމެވެ. މި މެޗް ކާމިޔާބުކުރީ ރަނގަބީލު ޓީމުންނެވެ.

img:http://s1.psmnews.mv/images/660x400/14837118696057.jpg|ޕްރެންޒޯ ވޮލީ މުބާރާތުގެ ފުރަތަމަ މެޗުގެ ތެރެއިން- ފޮޓޯ: ހޮޓެލް ޕްރެންޒޯ

މި މުބާރާތުގައި ހިރިލަންދޫއިން ތިން ޓީމާއި ހިރިލަންދޫއާއި އަވައްޓެރި ވަންދޫއިން ޓީމެއް ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ މެޗްތައް ކުޅުމަށް ވަންދޫ ޓީމް ހިރިލަންދުއަށް ކުރާ ދަތުރުތަކުގެ ޚަރަދު ހަމަޖައްސައިދީފައިވަނީ މުބާރާތް އިންތިޒާމްކުރި ހޮޓެލް ޕްރާންޒޯއިންނެވެ. 

މުބާރާތާބެހޭ ގޮތުން ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ހޮޓެލް ޕްރާންޒޯގެ ވެރިޔާ އީސާ ޝަރީފް ވިދާޅުވީ، މި މުބާރާތަކީ ކިނބިދޫ ދާއިރާގެ ފަސް ރަށަށް އަމާޒުކޮށްގެން ބާއްވާ މުބާރާތެއްކަމަށާއި، އަންނަ އަހަރު މި މުބާރާތް އިތުރަށް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.