ކުޅިވަރު

ޤައުމީ ސްވިމިންގ ސްކޮޑް އިޢުލާންކޮށްފި


ގައުމީ ސީނިއާރ އަދި ޖޫނިއަރ ސްކޮޑްގައި ހިމެނޭ ފެތުންތެރިން އިޢުލާންކޮށްފިއެވެ. އިއްޔެ އިއުލާންކުރި މިއަހަރުގެ ގައުމީ ސްކޮޑްތަކުގައި ހިމެނޭ ފެތުންތެރިން ވަނީ 4 ގެޓަގަރީއެއްގައެވެ.

 ސީނިއަރ ފިރިހެން ކެޓަގަރީގައި 15 ފެތުންތެރިން ހިމެނެއެވެ ސީނިއަރ އަންހެން ސްކޮޑްގައި 19 ފެތުންތެރިން ވަނީ ހިމަނާފައެވެ. ޖޫނިއަރ ފިރިހެން ސްކޮޑްގައި ހިމަނާފައިވަނީ 11 ފެތުންތެރިންނެވެ. އަދި ޖޫނިއަރ އަންހެން ސްކޮޑްގައި 15ފެތުންތެރިން ވަނީ ހިމަނާފައެވެ. ގައުމީ ޓީމްތަކުގެ ކިޓް މިފަހަރު ސްޕޮންސަރ ކޮށްފައިވަނީ ސޮނީ ސްޕޯޓްސްގެ ފަރާތުންނެވެ. ގައުމީ ޓީމްތައް ބޭނުން ކުރާނެ ބްރޭންޑަކީ ސޮނީ ސްޕޯޓްސްއިން ރާއްޖެ މާކެޓްަށް ނެރިފައިވައިވާ ކޭސިކް (K6) އެވެ.